ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި 2،183 ސާމްޕަލްތަކުން ރާއްޖެއިން އިތުރު 25 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.
އޭގެތެރޭގައި ހިމެނެނީ މާލެއިން ފެނުނު 21 ކޭހާއި އަތޮޅު ތެރޭގެ ރަށްތަކުން ފެނުނު ހަތަރު ކޭހެވެ.
ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު މިހާރު ވަނީ 13،583 އަށް އަރައިފައެވެ. އޭގެތެރެެއިން 13،026 މީހުން ވަނީ ރަނގަޅުވެފަ އެވެ.
އެ ބަލީގެ އެކްޓިވްކޭސްތަކުގެ އަދަދަކީ 502 އެވެ. އޭގެތެރެއިން 36 މީހަކަށް ފަރުވާ ދެނީ ހޮސްޕިޓަލްތަކުގައެވެ. އަދި އައިސީޔޫގައި އެކަކު އެބައޮތެވެ.
ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް 48 މީހުން ވަނީ މަރުވެފަ އެވެ.

އަބުބާރު ގްރޫޕްގެ މައްސަލަ ފުލުހުން ބަލަނީ
އެމްޑީޕީން ގެންނާނީ ފަހި ދިރުއުޅުމަކަށް ފަހި މާލެ ސިޓީއެއް
ސްކޭމްގެ މައްސަލަތަކުގައި މިދިޔަ ހަފްތާ ފަސް ލައްކަ ގެއްލުނު!

މޮނިޓަރިން ޔުނިޓްސް ތަކުން މުޅިޢަކުން ރަނގަޅެއް ނޫން.