އަންކާރާ (12 ފެބްރުއަރީ) މިދިޔަ ހޯމަ ދުވަހު ތުރުކީއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން މިދިޔަ 35 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ތުރުކީ އާއި އަރްމޭނިއާ ގުޅޭ ބޯޑަރު ހުޅުވައިފި އެވެ.

ތިރީސް ފަސް އަހަރަށްފަހު އެ ބޯޑަރު ހުޅުވާލާފައިވަނީ ބިންހެލުމުގައި ހާލުގައި ޖެހުނު ފަރާތްތަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުންނެވެ.

އެގޮތުން ފެނާއި ކާބޯތަކެތީގެ އިތުރުން ބޭސްފަރުވާގެ އެކި ބާވަތްތަކާއި އެކު ފަސް ލޮރީއެއް ބޯޑަރު ހުރަސްކޮށް ތުރުކީއަށް އެެތެރެ ވެފައިވާ ކަމަށް އަރްމީނިއާ ސަރުކާރުން ބުނެފައިވެ އެވެ.

މީގެ ކުރިން އެންމެ ފަހުން ބޯޑަރު ހުޅުވާފައިވަނީ 1988 ވަނަ އަހަރު އަރްމީނިއާ އަށް ކުރިމަތިވި ބާރުގަދަ ބިންހެލުމަކާއެކު ތުރުކީގެ ފަރާތުން އެހީ ފޮނުވުމަށެވެ.

އަރްމޭނި އާއި ތުރުކީއާ ދެމެދު ރަސްމީކޮށް ޚާރިޖީ ގުޅުންތައް އުފެދިފައި ނުވާއިރު އެއްވަނަ ބޮޑު ހަނގުރާމައިގެ ހާދިސާތަކަކަށް ފަހު ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ.

އެހެން ނަމަވެސް ދެ ގައުމުގެ ގުޅުން ރަނގަޅު ކުރުމަށް 2021 ވަނަ އަހަރު މަންދޫބުންތަކެއް އައްޔަންކޮށް މަޝްވަރާތައް ފަށާފައިވެ އެވެ.

އަރްމޭނިއާގެ އެ އެހީއަށް ތުރުކީން ވަނީ ޝުކުރު އަދާކޮށްފަ އެވެ. އަދި މިއީ ދެ ގައުމުގެ ގުޅުންތައް ރަނގަޅުކުރަން ލިބޭ ފުރުސަތެއް ކަމަށް ވެސް އެގައުމުން ބުނެފައިވެ އެވެ. -- އަލް އަރަބިއްޔާ