އެމެރިކާގެ އަސްކަރީ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ދިން މިސައިލް ހަމަލާތަކެއް ޔޫއޭއީގައި ހުންނަ އެމެރިކާގެ ޖާސޫސީ އަދި ވައިގެ އަސްކަރީ ހަރަކާތްތައް ހިންގާ އެންމެ މުހިންމު އެއް މަރުކަޒު އަލް ދާފްރާ އަށް އަމާޒުކޮށްފި އެވެ. އެމެރިކާގެ ޖާސޫސީ އުޅަނދުތަކުގެ އިތުރުން ފުޅާދާއިރާއެއްގައި އަސްކަރީ އޮޕަރޭޝަންތައް ހިންގާނެ ވަސީލަތްތައް ގާއިމުކޮށްފައިވާ މި މަރުކަޒަކީ، އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ޕާސިއަން ގަލްފް ސަރަހައްދުގައި ބޭނުންކުރާ އެންމެ މުހިންމު އެއް ބޭސް އެވެ.
ޕާޝިއަން ގަލްފްގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގެ ތެރެއިން އަލް ދާފްރާއަކީ ވައިގެ މަގުންނާއި ޖާސޫސީ ގޮތުން އެމެރިކާއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ ތަނެވެ. ރިޕޯޓްތައް ބުނާގޮތުގައި، އީރާނާ ދެކޮޅަށް އެމެރިކާއިން ހިންގި އެކި އަސްކަރީ ހަރަކާތްތަކުގައި މި މަރުކަޒަކީ ލޮޖިސްޓިކްސް އާއި އޮޕަރޭޝަނަލް ސަޕޯޓް ފޯރުކޮށްދޭ މަރުކަޒަކަށް ވުމުން، އީރާނުގެ ބަދަލުހިފުމުގެ ހަމަލާތަކުގައި މި ތަނަށް ވަނީ ހާއްސަ ސަމާލުކަމެއް ދީފަ އެވެ.
އަސްކަރީ ކުރިމަތިލުމެއްގެ ތެރޭގައި މިފަދަ މަރުކަޒެއްގެ މަސައްކަތްތަކަށް ބުރޫއެރުމަކީ އެމެރިކާގެ ވައިގެ އޮޕަރޭޝަންތަކަށާއި، ޖާސޫސީ މައުލޫމާތު އެއްކުރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ ކަމެކެވެ.
ފާއިތުވި ފަސް މަސްދުވަހުގެ ތެރޭގައި ހިނގަމުންދާ މި ހަމަނުޖެހުމުގައި ޓްރަމްޕް ނިންމެވި ކުއްލި ނިންމެވުމަކާއެކު، އީރާނަށް ދެމުންދިޔަ ދެ ހަފުތާގެ ވައިގެ ހަމަލާތައް މިދިޔަ ހޮނިހިރު ދުވަހު ވަނީ މެދުކަނޑާލާފަ އެވެ. އީރާނުންވެސް ބަދަލު ހަމަލާ މެދުކަނޑާލި ނަމަވެސް ހޯމަ ދުވަހުން ފެށިގެން ސަރަހައްދުގެ ބައެއް ގައުމުތަކަށް ވަނީ އަލުން ހަމަލާދީފަ އެވެ. އެގޮތުން ސައުދީ އަރަބިއްޔާ، އުރުދުން އަދި އިރާގަށް ހޯމަ ދުވަހު ޑްރޯން ހަމަލާތަކެއް ދީފައިވާ ކަމަށް އެ ގައުމުތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
އަބޫދާބީގެ ދެކުނުގައި އޮންނަ އަލް ދާފްރާ އެއާބޭސް ފާއިތުވި އަހަރުތަކުގައި ވަނީ އާދައިގެ އަސްކަރީ ވައިގެ ބަނދަރަކުން، މުޅި ސަރަހައްދަށް ބޭނުންވާ ވައިގެ އޮޕަރޭޝަންތަކާއި، ޖާސޫސީ މައުލޫމާތު އެއްކުރުމާއި، އަދި ލޮޖިސްޓިކްސްގެ މަލްޓި-ރޯލް މަރުކަޒަކަށް ބަދަލުވެފަ އެވެ.
ކޮންމެ ދުވަހަކު ހިނގިޔަސް ސިއްހަތަށް ބަދަލު ނާންނަ ސަބަބު!
ސިނގިރޭޓު ނުބޯ މީހުން ފުއްޕާމޭގެ ކެންސަރަށް ހުށައެޅެނީ ކީއްވެ؟
