ތެހުރާން (25 ފެބްރުއަރީ) - 2020 ވަނަ އަހަރު އަވަހާރަ ކޮށްލާފައިވާ އީރާނުގެ ގުދުސް ފޯސްގެ ކޮމާންޑަރު ގާސިމް ސުލައިމާނީގެ މަރަށް ބަދަލު ހިފުމުގެ ގޮތުން އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއި އޭރު އެމެރިކާގެ އިސް މަގާމުތަކުގައި ތިބި ބައެއް ފަރާތްތަކަށް ހަމަލާދޭން ގަސްދުކުރާ ކަަމަށް އީރާން ރިވޮލޫޝަނަރީ ގާޑްސް ކޯޕްސް (އައިއާރުޖީސީ) އިން ބުނެފި އެވެ.
އެގޮތުން ޓްރަމްޕްގެ އިތުރުން އެމެރިކާގެ ކުރީގެ ސެކެޓްރަރީ އޮފް ސްޓޭޓް މައިކްޕޮމްޕިއޯ އެ ގައުމުގެ ސެެންޓްރަލް ކޮމާންޑްގެ ކުރީގެ ވެރިޔާ ކެނެތު މެކެންޒީގެ އިތުރުން ވެސް ސުލައިމާނީ މަރާލަން އަމުރު ނެރުނު ފަރާތްތައް މަރާލަން ވިސްނާ ކަމަށް އެ ޖަމާއަތުން ވަނީ ބުނެފަ އެވެ.
"ޓްރަމްޕްއާއި ޕޮމްޕިއޯ އަދި މެކެންޒީގެ އިތުރުން ވެސް ސުލައިމާނީ ޝަހީދު ކޮށްލުމުގައި ހަރަކާާތްތެރިވި އޮފިޝަލުން ވަރަށް އަވަހަށް މަރާލެވޭނެ،" އީރާން ރިވޮލޫޝަނަރީ ގާޑްސް ކޯޕްސް އެއިރޯސްޕޭސް ޔުނިޓްގެ ކޮމާންޑަރު އަމިރާލީ ހަޖިޒާދާ ވިދާޅުވި އެވެ.
ދައުލަތުގެ ޓީވީއަށް ދިން އިންޓަވިއުއެއްގައި އޭނާ މިހެން ވިދާޅުވެފައި ވަނީ 2020 ވަނަ އަހަރު އީރާގުގައި އެމެރިކާ ސިފައިން ހަރަކާތްތެރިވާ ކޭމްޕަކަށް ދިން ހަމަލާއަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ.
އައިއާރުޖީސީގެ ދަށުން އެހެން ގައުމުތަކުގައި ހިންގާ ގޮފި ކަމަށްވާ ގުދުސް ފޯސްގެ ކުރީގެ އިސް ވެރިޔާ ގާސިމް ސުލައިމާނީ އަވަހާރަ ކޮށްލާފައިވަނީ ޓްރަމްޕްގެ އަމުރަށް އެމެރިކާގެ ވައިގެ ހަމަލާއަކުންނެވެ. ސުލައިމާނީ އަވަހާރަކޮށްލާފައިވަނީ އިރާގުގައި 2020 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ.
ސުލައިމާނީގެ މަރުގެ ބަދަލު ހިފާނެ ކަމަށް އީރާނުން މީގެ ކުރިންވެސް އައީ ބުނަމުންނެވެ. އެގޮތުން އެކަން ކުރާނެ ކަމަށް އީރާނުގެ ރައީސް އިބްރާހީމް ރައިސީއާއި ރޫހާނީ ލީޑަރު ޚާމަނާއީ ވެސް ވަނީ ވިދާޅުވެފަ އެވެ. -- އަލް އަރަބިއްޔާ
ރަންވީރުގެ "ދުރަންދަރް" ބޮލީވުޑްގެ ގަދަ 10 އަށް!
އަންނަ މަހުގެ 10 ގެ ކުރިން ފޮތްތައް ފޮނުވައި ނިންމަނީ
އަމާޒަކީ ފަތުރުވެރިކަމުގެ އާމްދަނީ ހަ ބިލިއަނަށް އެރުވުން: ތޯރިގް