ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރުކޮށް ބަންދަށް 5 ދުވަސް ޖަހައިފި އެވެ.

ފުލުހުން އިއްޔެ ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވަނީ ޕީޕީއެމްގެ އެކްޓިވިސްޓް މުހައްމަދު އައްބާސް އެވެ. މިއަދު ހުޅުމާލޭ ކޯޓުންވަނީ އޭނާގެ ބަންދަށް 5 ދުވަސް ޖަހާފަ އެވެ. އޮތް މޮޓޯކޭޑަށް ހުރަސްއެޅި މައްސަލާގައި އިތުރު މީހަކު ހައްޔަރުކުރި ނަަމަވެސް މިކަމާ ބެހޭ ގޮތުން ފުލުހުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

މިމައްސަލައިގައި މިހާތަނަށް 4 މީހަކުވަނީ ހައްުޔަރުކޮށް މުއްދަތު ޖަހާފަ އެވެ. އެގޮތުން 2 މީހަކަށް 15 ދުވަސް އަދި އަނެއް ދެމީހުންނަށް 5 ދުވަހުގެ މުއްދަތު ވަނީ ޖަހާފަ އެވެ. އޭގެ ތެރޭގައި އަންހެނެއްވެސް ހިމެނެ އެވެ. އަންހެން މީހާއަށް ޖަހާފައިވަނީ 5 ދުވަހެވެ.

ޕީޕީއެމްގެ މުޒާހަރާ ހިނގަމުން ދަނިކޮށް އެތަނަށް ރައީސްގެ މޮޓޯކޭޑް ވަނުމުން މުޒާހަރާގެ ބައިވެރިން ވަނީ އެއަށް ހުރަސް އަޅާފަ އެވެ. މިކަމާ ގުޅިގެން ސެކިއުރިޓީ ފެއިލްވެފައިވާ ކަމަށް ބުނެ ފާޑުކިޔުންތައްވަނީ އަމާޒުވެފަ އެވެ. އަދި މި މައްސަލައާ ގުޅިގެން ޕްރެޒިޑެންޝަލް ގާޑްސްގެ ކޮމާންޑިން އޮފިސަރުގެ މަގާމުގައި ހުންނެވި ކާނަލް އަބްދުﷲ އިބްރާހިމް މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިކޮށްފައިވާއިރު އެ މައްސަލަ ބަލަން އެމްއެންޑީއެފުން ވަނީ ހާއްސަ ކޮމިޓީއެއް ވެސް އެކުލަވާލައިފަ އެވެ.