ބޭނުންވާނެ ތަކެތި

  • 2 މޭޒުމަތީ ސަމުސާ ކޮފީ
  • 3 މޭޒުމަތީ ސަމުސާ ގެރިކިރު
  • 250ގ. ފުށް
  • 170ގ. ބަޓަރު/މާޖަރިން
  • 150ގ. ހަކުރު
  • 1 ސައިސަމުސާ ބޭކިން ޕައުޑަރ
  • 5 ބިސް
  • 1 ޖޯޑު މޭބިސްކަދުރު
  • 1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް

ތައްޔާރު ކުރާނެ ގޮތް

  1. އެންމެ ފުރަތަމަ ކޮފީއާއި، ފުށް، އަދި ބޭކިން ޕައުޑަރު އެއްކޮށް ފުރާނާލާފައި ބަހައްޓާށެވެ.
  2. ދެން ބަޓަރު ނުވަތަ މާޖަރިންނާއި ހަކުރާއި އެއްކޮށްލުމަށްފަހު އޭގެތެރެއަށް ބިސް ވެސް އެއްކޮށްލުމަށްފަހު ފުށްކޮޅުގެ ތެރެއަށް އަޅާ ރަނގަޅަށް ގިރާލާށެވެ.
  3. ދެން އެސެންސާއި މޭބިސްކަދުރު އެއްކޮށްލާފައި ޓްރޭއެއްގައި ބަޓަރު ހާކައި ތައްޔާރުކުރި ފުށްގަނޑު އޭގެތެރެއަށް އެޅުމަށްފަހު 175 ޑިގްރީގައި ފިހާށެވެ.