ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި 2،085 ސާމްޕަލްގެ ތެރެއިން އިތުރު 47 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 25 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. އަނެއް 22 ޕޮޒިޓިވްވީ އަތޮޅުތެރެއިންނެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 13،804 އަށް އަރާފަ އެވެ. މިހާތަނަށް 13،150 މީހުން ވަނީ މި ބަލިން ރަނގަޅުވެފައެވެ.

މި ބަލީގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 599 އެވެ. އޭގެތެރެއިން 25 މީހަކަށް ފަރުވާ ދެނީ ހޮސްޕިޓަލްތަކުގައެވެ. އަދި އެކަކު އޮތީ އައިސީޔޫގައެވެ.

މި ބަލީގައި މިހާތަނަށް ރާއްޖެއިން 48 މީހަކު ވަނީ މަރުވެފަ އެވެ.