ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިތުރު 30 މީހަކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

މިއަދު ޓެސްޓް ކުރި 2،105 ސާމްޕަލްގެ ނަތީޖާ 17 މީހަކު ވަނީ މާލޭ ސަރަހައްދުން ޕޮޒިޓިވްވެފަ އެވެ. އަނެއް 13 މީހުން ޕޮޒިޓިވްވީ އަތޮޅުތެރެއިންނެވެ.

މިހާރު މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދަކީ 13،834 އެވެ. އަދި މިހާތަނަށް 13،166 މީހުން ވަނީ މި ބަލިން ރަނގަޅުވެފައެވެ. މިވަގުތު ރާއްޖޭގައި މިބަލިން ރަނގަޅު ނުވެ ތިބީ 613 މީހުންނެވެ. އޭގެތެރެއިން 29 މީހަކަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެނެވެ.

މި ބަލީގައި މިހާތަނަށް 48 މީހަކު ވަނީ މަރުވެފަ އެވެ.