ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާން ދިރިއުޅެމުންދާ "މަންނަތު" އަކީ އިންޑިއާގެ އެންމެ އަގުބޮޑު ގޭގެ ތެރޭގައި ހިމެނޭ ގެ އެކެވެ. "މަންމަނަތު"ގެ އިންޓީރިއާ ޝާހްރުކްގެ އަންހެނުން ގޯރީ ޚާން ހަދާފައިވާ އިރު، ޝާހްރުކްގެ ފިލްމު ކުންފުނި ރެޑް ޗިލީޒް އެންޓަޓައިންމަންޓާއި އޭނާގެ އަމިއްލަ އޮފީސް ވެސް ހުންނަނީ "މަންނަތު" ގަ އެވެ. މި ގެ އަކީ ޒަމާނީ ހުރިހާ ވަސީލަތްތަކާ އެކު ބިނާކޮށްފައިވާ ގެއެކެވެ.

"މަންނަތު"ގައި ޝާހްރުކް ޚާން އާއި އޭނާގެ އާއިލާއާއެކު އިންޑިއާގެ މޮޑެލެއް ކަމަށްވާ ނަވްޕްރީތު ކައުރު ހޭދަކުރި ވަގުތުގެ ވާހަކަ ހިއްސާކޮށްފަ އެވެ.

ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ޝާހްރުކް އަކީ ބޮލީވުޑްގައި އެންމެ ކާމިޔާބު އެކްޓަރުން ތެރޭގައި ހިމެނޭ ފަރާތްތަކެވެ.

މިވަގުތު ޝާހްރުކް އަވަދިނެތި އުޅެނީ އޭނާގެ ދެން އަންނަ ފިލްމު "ޖަވާން" ގެ ޝޫޓިންގަ އެވެ. ޝޫޓިންގެ ބުރަ ޝެޑިއުލްތަކުގެ ތެރޭގައި އެކްޓަރު ވަގުތުކޮޅެއް ނަގައިގެން ޝާހްރުކް ވަނީ "މަންނަތު" ނަވްޕްރީތުއަށް ދައްކާލާފަ އެވެ. އަދި އާއިލާއެކު ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތުވެސް ދީފަ އެވެ.

"މަންނަތު"ގައި ހޭދަކުރި ވަގުތުކޮޅާ ބެހޭ ގޮތުން ނަވްޕްރީތު ބުނެފައިވަނީ އެއީ ވަރަށް އުފާވެރި ވަގުތު ކޮޅެއް ކަމަށެވެ.

ޝާހްރުކްގެ މެހެމާންދާރީ އެހާފުރިހަމަ ކަމަށާއި އޭނާއަށް ހާއްސަކޮށް ވެޖިޓޭރިއަން ޕިއްޒާއެއްވެސް ޝާހް ފިހެދިންކަމަށް ނަވްޕްރީތު ބުނެފައިވެ އެވެ.

https://www.instagram.com/p/CrVhEpasc-p/?utm_source=ig_embed&ig_rid=fd4ba7b0-cd95-4d35-8da7-cddb1ef4cb7c

ޝާހްގެ ދޮށީ ފިރިހެންދަރިފުޅު އާރިޔަން އަކީ ރީތި އަދި ރުޅިގަދަ ޒުވާނެއްކަމަށާއި ސުހާނާއާއި ބައްދަލު ކުރުމުގެ ފުރުސަތު ވެސް ލިބުނުކަމަށް ނަވްޕްރީތު ބުނެފައިވެ އެވެ. މީގެއިތުރުން ނަވްޕްރީތުގެ އާ ބެސްޓްފްރެންޑަކީ ޝާހްގެ ހަގު ދަރިފުޅު އަބްރާމް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ނަވްޕްރީތު ބުނީ ޝާހްގެ ގޭގައި ވަގުތުކޮޅެއް ހޭދަ ކުރެވުނުކަން އަދިވެސް ގަބޫލު ނުކުރެވޭކަމަށާއި އޭނާއަށް މަރުހަބާ ކިއުމަށް ދޮރާހަމައަށް އައިގޮތަށް އޭނާއަށް އަލްވަދާއު ކިޔަންވެސް ޝާހް ދޮރާއި ހަމައަށް ނިކުތްކަމަށެވެ.

ނަވްޕްރީތުގެ މިޕޯސްޓާއެކު ގިނަ ބަޔަކު ވަނީ ޝާހްރުކްއަށް ތައުރީފުކޮށް ވާހަކަ ދައްކާފަ އެވެ.