ރާއްޖެ އިން ކޮވިޑް-19 ޖެހިގެން އިތުރު މީހަކު މަރުވެ، މަރުވި މީހުންގެ އަދަދު 30 އަށް އަރައިފި އެވެ.
އެޗްޕީއޭއިން ގޮތުގައި ކޮވިޑް-19 ޖެހިގެން މަރުވެފައި ވަނީ 60 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ އަށް ފަރުވާދިނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގަ އެވެ. އެމީހާ މަރުވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް އިރުއޮއްސި 6:24 ގައި ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ރާއްޖެ އިން މިހާތަނަށް 8،741 މީހަކަށް ކޮވިޑް-19 ޖެހުނު އިރު، އޭގެ ތެރޭގައި ގިނައީ ދިވެހިންނެވެ. އެގޮތުން ދިވެހިންގެ ތެރެއިން 5،515 މީހަކަށް ބަލި ޖެހުނު އިރު، ބިދޭސީންގެ ތެރެއިން މި ބަލި ޖެހިފައި ވަނީ 3،226 މީހަކަށެވެ.
މި ބަލިން ރަނގަޅުވެފައި ވަނީ 6،157 މީހުންނެވެ. ރާއްޖޭގައި ކޮވިޑް-19 ޖެހިގެން ސީރިއަސް ހާލަތުގައި ތިބީ 11 މީހެކެވެ.
ބިޔަ މަނީ ޕްލާންޓް ބަގީޗާ ރީތިކޮށްދޭ!
ސްވިޑްން އާ އެއްވަރުކޮށް ޖަޕާން ދެވަނަ ބުރަށް
މޯލްޑިވްސް 2.0 ގެ ތެރެއިން އީ-ވޯޓިން ނިޒާމެއް ނުގެންނާނެ: ރައީސް