އޮޅުވެލި ރިސޯޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޮޅުވެލި ރިސޯޓްގެ ގެސްޓް ރޫމެއްގައި އަލިފާނުގެ ހާދިސާއެއް ހިނގި ކަމުގެ ރިޕޯޓް ލިބުނީ މިރޭ 12:25 ހާއިރު ކަމަށެވެ.
އަލިފާން ނިއްވާލުމުގައި އެމްއެެންޑީއެފްގެ ފަޔާ ލޯންޗް ހަރަކާތްތެރިވަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ ވިދާޅުވީ ރިސޯޓްގެ މުވައްޒަފުންގެ މަސައްކަތުން އަލިފާނުގެ 25 ޕަސެންޓް ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.
އީރާނާ ދެކޮޅަށް އަލުން ހަނގުރާމަ ފެށިކަން ޓްރަމްޕް އަންގަވައިފި
އޭއައި އާއި ސޯޝަލް މީޑިއާއިން ސިއްހީ ލަފާ ހޯދުމަކީ ގޯހެއް!
އޭދަފުށީ މޫދުން މަރުވެފައި އޮތް މީހަކު ފެނިއްޖެ
