ފާއިތުވު 24 ގަޑިއިރުގެ ތެރޭގައި ނެގި 2444 ސާމްޕަލުން 37 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

އަލަށް ޕޮޒިޓިވްވި ކޭސްތަކުގެ ތެރޭގައި ހިމެނެނީ މާލެއިން ފެނުނު 26 ކޭސް އާއި ރިސޯޓްތަކުން ފެނުނު ހަތް ކޭސް އާއި . އޭގެ ލިވްއަބޯޑުތަކުން ފެނުނު ތިން ކޭސްގެ އިތުރުން އަތޮޅުތަކުން ފެނުނު އެއް ކޭސް އެވެ.

މިހާރު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 13،967 އަށް އަރައިފަ އެވެ. މި ބަލި ޖެހުނު މީހުންގެ ތެރެއިން 13،225 މީހުން ވަނީ ރަނގަޅުވެފަ އެވެ.

މި ބަލީގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 687 އެވެ. އޭގެތެރެއިން 40 މީހަކަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްތަކުގަ އެވެ.

މި ބަލި ޖެހިގެން ރާއްޖެއިން މިހާތަނަށް 48 މީހަކު ވަނީ މަރުވެފައެވެ.