ސަލްމާން ޚާންއަކީ ކާމިޔާބު ފިލްމީ ތަރިއެއްގެ އިތުރުން ތަފާތު އެހެން ވިޔަފާރިތައް ވެސް ކުރަމުން އަންނަ ފަރާތެކެވެ. އެގޮތުން ރިއަލް އެސްޓޭޓް ވިޔަފާރިއަކީ ސަލްމާން ކުރިއަށް ގެންދާ ވިޔަފާރި އެކެވެ.

އެ ވިޔަފާރީގެ ދަށުން މުމްބާއީގެ ސިޓީ ސެންޓާގައި 19 ފަންގިފިލާގެ ހޮޓަލެއް އިމާރާތް ކުރަން ސަލްމާން ނިންމާފައިވާ ކަމަށް ހަބަރުތައް ވަނީ ބުނެފަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މި ހޮޓަލުގެ ޑިޒައިން ނިމި ބޭނުންވާ ހުއްދަތައް ހޯދަން ހުށައަޅާފައިވާއިރު އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށޭނެ އެވެ.

މި ހޮޓަލުގައި ތިން ބޭސްމެންޓެއް ހިމެނޭއިރު ފުރަތަމަ ދެ ފަންގިފިލާ ހާއްސަ ކުރެވިފައިވާނީ ރެސްޓޯރެންޓަކަށެވެ. އޭގެ އިތުރުން އިމާރާތުގައި ޖިމެއް ވެސް ހުންނާނެ ކަމަށް ހަބަރުތައް ބުނެ އެވެ.

މުމްބާއީގެ ބެންޑްރާގައި އިމާރާތްކުރާ މި ހޮޓަލް ހުންނާނީ ފިލްމީ ތަރި އާމިރު ޚާން މިހާރު ދިރިއުޅޭ ގެއާ 200 މީޓަރު ދުުރުގައި ކަމަށްވެ އެވެ. މިއީ ހިނގާލާފައި ވެސް ދެވޭނެ ދުރުމިނެކެވެ.

ފިލްމީ މަސައްކަތްތަކަށް ބަލާއިރު ސަލްމާން އެންމެ ފަހުން ފެނިގެން ދިޔައީ "ކިސީކީ ބާއީ ކިސީކީ ޖާން" އިންނެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ "ޓައިގާ 3" އެވެ.