ފިލްމީ ދާއިރާއިން މިހާތަނަށް ހޯދ ކާމިޔާބީއެއް ހޯދާފައި ވާނީ އަމިއްލަ މަސައްކަތުން ކަމަށް ބޮލީވުޑްގެ އަރަމުން އަންނަ ތަރި ސާރާ އަލީ ޚާން ބުނެފި އެވެ.

ބޮލީވުޑްގެ ނޫފޫޒުގަދަ އާއިލާއަކަށް ނިސްބަތްވި ނަމަވެސް މިހާތަނަށް އެކަމުގެ ނާޖާއިޒު ފައިދާއެއް ނަގާފައިނުވާނެ ކަމަށް ސާރާ ބުންޏެވެ.

"ފިލްމީ ދާއިރާއިން ކުރިއަށް ދިޔައީ އަމިއްލައަށް، އަހަރެންގެ މަންމައާއި ބައްޕަގެ ކޮނޑުގައި އަތް އަޅައިގެނެއް ނޫން" ސާރާ ބުނެފައިވެ އެވެ.

ސާރާ އިތުރަށް ބުނީ ފިލްމުތައް ހޯދުމާއި އެހެނިހެން ކަންކަމުގައި ވެސް ޕްރޮޑިއުސަރުންނާ ވާހަކަ ދައްކާ ހެދީ އަމިއްލައަށް ކަމަށާއި ނުފޫޒުގަދަ އާއިލާއަކަށް ނިސްބަތްވާތީ އެކަން އެއްވެސް އިރެއްގައި ބޭނުންކޮށްފައިނުވާނެ ކަމަށެވެ.

ސާރާއަކީ 80ގެ އަހަރުތަކުގައި ބޮލީވުޑުން ވިދާލި ސައިފް އަލީ ޚާންއާއި އަމްރީތާ އަރޯރާއަށް ލިބުނު ދެ ކުދިންގެ ތެރެއިން އެއް ކުއްޖެކެވެ.

ސާރާ ފިލްމީ ދާއރާއަށް ނުކުމެފައިވަނީ 2018 ވަނަ އަހަރު ނުކުތަ ފިލްމު ކެދެރްނާތު އިންނެވެ. ސާރާއާއެކު އެ ފިލްމުން ދެން ފެނިގެން ދިޔައީ ސުޝާންތު ސިންގް ރާޖްޕުތު އެވެ.