ގިނަ ހިންދީ ޓީވީ ސީރީޒްތަކުން ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ ނިތޭޝް ޕާންޑޭ ގޮތް ނޭނގޭ ގޮތަކަށް މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ނިތޭޝް މަރުވެފައި އޮއްވާ ފެނުނީ މަހާރަސްތުރާގެ އިގަތްޕުރީގައި ހުރި ހޮޓަލެއްގެ ތެރެއިންނެވެ. މި ހަބަރު އޭނާގެ އާއިލާއިން ކަށަވަރު ކޮށްދީފައިވާއިރު އާއިލާއަށް ކުއްލި ސިހުމެއް ލިބިފައިވާ ކަމަށް އޭނާގެ ޅިޔަނު ވަނީ ބުނެފަ އެވެ.
އެންމެ ފުރަތަމަ ބެލުންތަކުން ނިތޭޝް މަރުވީ ހާޓްއެޓޭކްއެއްގެ ސަބަބުން ކަމަށް ބެލެވުނު ނަމަވެސް އިތުރު ތަހުގީގުތައް ކުރުމަށްޓަކައި ހޮޓަލުގެ މުވައްޒަފުންނާ ސުވާލު ކުރަމުންދާއިރު އޭނާގެ ހަށިގަނޑު ވަނީ ޕޯސްޓްމޯޓަމްއަށް ފޮނުވާފަ އެވެ.
ނިތޭޝްއަކީ ހިންދީ ސީރީޒްތަކުގައި ބައްޕަގެ ރޯލުން ފެންނަ ތަރި އެކެވެ. އެގޮތުން ސްޓާ ޕްލަސްއިން ދެއްކި ޕިޔާރުކާ ދަރްދޭ ހޭގައި އޭނާ ކުޅެދިން ހަރިޝް ކުމާރުގެ ރޯލު ފާހަގަ ކޮށްލެވެ އެވެ. އޭނާ އެންމެ ފަހުން ފެނިގެންދިޔައީ ހިޓް ޑްރާމާ އަނުޕަމާ އިންނެވެ.
ސީރީޒްތަކުގެ އިތުރުން ހިންދީ ބައެއް ފިލްމުތަކުން ވެސް ނިތޭޝް ފެނިގެން ގޮސްފައިވެ އެވެ. އެގޮތުން އޯމް ޝާންތި އޯމްއާއި ދަބަންގް 2 އަކީ ފާހަގަ ކޮށްލެވޭ ފިލްމުތަކެވެ.
މާ އަވަހަށް ފޯނު ބެޓެރީގެ ޗާޖު ދަނީތަ؟
2030 ވަނަ އަހަރުގެ ވޯލްޑް ކަޕުން ކޮންކާކަފް އަށް 6 ޖާގަ ލިބޭނެ
ޝޫޓިންގެ ތެރެއިން އަޖޭގެ ލޮލުގެ ފެނުން ގެއްލުނު!