ޝާހްރުކް ޚާންއަކީ ބޮލީވުޑްގެ އެންމެ މުއްސަނދި ތަރިންގެ ތެރޭގައި ހިމެނޭ ތަރިއެކެވެ. އެކްޓް ކޮށްގެން އޭނާއަށް ލިބޭ އާމްދަނީގެ އިތުރުން ވެސް އެކި ގޮތްގޮތުން އޭނާއަށް އާމްދަނީ ލިބެ އެވެ.

ރެޑް ޗިލީސް އެންޓަޓެއިންމަންޓް

ޝާހުގެ ކުރީގެ ޕްރޮޑަކްޝަން ކުންފުނި ޑްރީމްޒް އަންލިމިޓަޑް އުވާލުމަށްފަހު އަންހެނުން ގައުރީއާއެކު ބައިވެރިވެގެން އުފެއްދި ކުންފުނި ރެޑް ޗިލީޒް އެންޓަޓެއިންމަންޓުން ޕްރޮޑިއުސްކުރާ ފިލްމުތަކުން ވެސް އޭނާއަށް އާމްދަނީ ލިބެ އެވެ.

ޓީވީ ޝޯތައް

ޝާހުއަކީ 1990 ގެ ކުރީކޮޅު ޓީވީ ސީރީޒް ފައުޖީއިން ފެނިގެން ދިޔަ ފަންނާނެކެވެ. އޭގެ ވިހި އަހަރު ފަހުން މިހާރު ޓީވީގައި އޭނާގެ ކޮންމެ ފެނިލުމަކަށް ކުރޯޑުން އާމްދަނީ ހޯދަ އެވެ.

ކައިވެނީގެ ހުށައެޅުންތައް

ސުޕަސްޓާރެއްގެ ރީތި ހުށައެޅުމެއް އެމީހެއްގެ ކައިވެނީގައި ބާއްވަން ބޭނުން ނުވާނީ ކާކު ހެއްޔެވެ؟ ރިޕޯޓުތައް ބުނާ ގޮތުގައި ކަވިވެނި ތަކުގައި ރެކޯޑު އަގަކަށް ޝާހު ހުށައެޅުންތައް ހުށައަޅައިދެ އެވެ.

ކޮލްކަތާ ނައިޓް ރައިޑާސް

އިންޑިއާގެ ކްރިކެޓް ލީގުގައި ކުޅޭ ކޮލްކަތާ ނައިޓް ރައިޑާސްއަކީ ވެސް ޝާހުގެ ހިއްސާ އޮންނަ ޓީމެކެވެ. އައިޕީއެލްގައި އެޓީމު ކުޅޭ ބައެއް މެޗުތަކުން ޝާހު ފެންނަން ވެސް ފެނެ އެވެ.

ބްރޭންޑް އެންޑޯޒްމަންޓްތައް

ޝާހްރުކް ޚާންއަކީ އިންޑިއާގެ އިތުރުން ބައިނަލްއަގްވާމީ ބްރޭންޑުތަކުން ވެސް އެ ބްރޭންޑުތަކުގެ މޫނުގެ ގޮތުގައި ފެންނަން ބޭނުންވާ ފަރާތެކެވެ. އެކަމަށްޓަކައި އެތައް ހާސް ކުރޯޑެއް ހޭދަކުރަން ޖެހުނަސްމެ އެވެ.