ރީނދުލަކީ ޒަމާނުއްސުރެ ދިވެހި ބޭސްވެރިކަމުގައި ވެސް ބޭނުން ކުރެވެމުން އަންނަ ބާވަތެކެވެ. ދިވެހި ރާއްޖޭގެ އިތުރުން ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އާޔުރްވެދިކް ނުވަތަ ހާބަލް މެޑިސިން ކުރިއަށް ގެންދާ ފަރާތްތަކުން ވެސް ރީނދުލުގެ ފައިދާތަކަށް އެއްބަސްވެ އެވެ.

މިހާރު އެ ފަރާތްތަކުން ބުުނަމުން ގެންދަނީ ރީނދުލާއެކު ޕެޕާ ނުވަތަ އަސޭމިރުސް ބޭނުން ކޮށް މިދެބާވަތުން ލިބިދޭ ފައިދާތައް އެއްވުމުން އެތައް ގިނަގުނަ ބަލިތަކަށް ފަރުވާ ލިބޭ ކަމަށެވެ.

އެގޮތުން މިދެބާވަތް އެއްކޮށް ބޭނުން ކުރުމުން ހަމުގެ ބަލި، ފަލަބަލި، އާތްރައިޓިސް، ކެންސަރު، ކޮލެސްޓްރޯލް، ހަކުރުބަލި، ފާރު، ލިވާގެ ބަލިތައް، ހަޖަމް ކުރުމުގެ ނިޒާމްގެ ބަލިތައް ފަދަ ކަންކަމަށް ލުއި ލިބޭ ކަމަށް ކަމުގެ ތަޖުރިބާ ކާރުން އަންނަނީ ބުނަމުންނެވެ.

ރީނދުލަކީ އޭގައި ސިއްހީ ބޭސްފަރުވާގެ ބާރު އެކުލެވޭ ބާވަތެކެވެ. އެގޮތުން އިންފެކްޝަންތަކަށް އަދި ފާރުހިއްކުމުގައި ރީނދޫ ބޮޑުރޯލެއް އަދާކުރެ އެވެ.

އެއާކު އަސޭމިރުހަކީވެސް އޭގައި އެންޓިއޮކްސިޑެންޓް ބައިތަކެއް ހިމެނޭ އެއްޗެކެވެ. އޭގައި އެކުލެވޭ އެންޓިބެކްޓީރިއަލް މާއްދާތަކުން ހާއްސަކޮށް ބޮޑުގޮހޮރުގެ ބަލިތަކަށް ފަރުވާ ލިބެއެވެ.

އެތައް ގޮތަކަށް މި ބޭނުން ކުރެވޭއިރު އެންމެ ރަނގަޅީ ދެ ބާވަތް ވެސް ޕައުޑަރަށް ހަދައިގެން އެއްކޮށް ކެއުން ކަމަށް ބޭސްވެރިން ބުނެ އެވެ.