އީރާނުން އިޒްރޭލަށް ފޮނުވާލި މިސައިލެއް، އިޒްރޭލުގެ ދެކުނުގައިވާ މައި ހޮސްޕިޓަލަށް އަމާޒުވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.
މި ހަމަލާގައި ހޮސްޕިޓަލުގެ އިތުރުން އިތުރު އުސް އިމާރާތްތަކަކަށް ވެސް ގެއްލުން ލިބުނު އިރު 40 އަށް ވުރެ ގިނަ ޔަހޫދީން ވަނީ ޒަހަމްވެފަ އެވެ.
އިޒްރޭލުގެ 1 މިލިއަނަށް ވުރެ ގިނަ މީހުންނަށް ހިދުމަތް ފޯރުކޮށްދޭ، އެގައުމުގެ ދެކުނުގެ ބީރްޝިބާގައި ހުންނަ ސޮރޮކާ މެޑިކަލް ސެންޓަރަށް އީރާނުގެ މިސައިލެއް އަމާޒުވެ، އެތަނުގެ ކުރީގެ ސާޖިކަލް އިމާރާތަކަށް ވަނީ ގެއްލުންވެފަ އެވެ.
މިއީ އީރާނުން އިޒްރޭލުގެ އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް ދިން ހަމަލާއެއް ނަމަވެސް މި ހަމަލާ އެގައުމުގެ ހޮސްޕިޓަލަކަށް އަމާޒުވީ ސަބަބު އަދި ސާފުވެފައެއް ނުވެ އެވެ. މީގެ ކުރިންވެސް އީރާނުން ވަނީ އެމީހުން އާއްމުނަށް އަމާޒުކޮށް ހަމަލާ ނުދޭނެ ކަމަށް ބުނެފަ އެވެ.
އީރާނުން އިޒްރޭލަށް ހަމަލާދޭތާ މިއަދަށް ހަފްތާއެއް ވެފައިވާއިރު، އީރާނުން ދޭ ހަމަލާތައް ދިފާއު ކުރުމުގައި ޔަހޫދީ ފައުޖުން އަންނަނީ ފަހަކަށް އައިސް ނާކާމިޔާބު ވަމުންނެވެ. މިގޮތުން އެމީހުން ފަހުރުވެރިވާ ދިފާއީ ނިޒާމަށް ބޭނުންވާ މިސައިލް އިންޓަސެޕްޓާސް ވެސް ހުސްވާން ކައިރިވުމާއެކު، އީރާނުން ފޮނުވާ ހަމަލާތައް މަތަ ކުރުމަށް އެމީހުން އަންނަނީ ގޮންޖެހުންތަކާއި ކުރިމަތިލަމުންނެވެ.
އިޒުރޭލެކޭ ކިޔާ ތަނުގައި އެއްވެސް އާއްމު ރައްޔިތަކު ނޫޅެއެވެ. މި ޣައިރު ގާނޫނީ ދައުލަތުގައި ތިބީ ހުސް އަސްކަރީ ޚިދުމަތަށް ލެވިފައިވާ އަސްކަރީންނެވެ. އެހެންކަމުން އީރާނުން އެތަނުގެ ހަސްފަތާލަކަށްވިޔަސް އަދި ސުކޫލަކަށް ބޮން އެޅިޔަސް ވާނީ ހަމަހަމައެވެ. މަރުވެގެން ދާނީ ސިފައިންނެވެ. އާއްމު ރައްޔިތުންނެއް ނޫނެވެ.