ކިއާރާ އަދްވާނީއަކީ ބޮލީވުޑްގެ އަރަމުން އަންނަ ތަރިންގެ ތެރޭގައި ހިމެނޭ އެއް ފަންނާނެވެ. ބޮލީވުޑަށް ނުކުތްތާ މާ ގިނަ އަހަރުތަކެއް ނުވި ނަމަވެސް އޭނާއަކީ މިހާރުގެ އެންމެ އަގުބޮޑު އެއް އެކްޓްރެސް އެވެ.
އެކަން އޭނާގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަލާލުމުން ވަރަށް ރަނގަޅަށް އެނގޭނެ އެވެ. އަގުބޮޑު އެޕާޓްމަންޓަކާއި ކާރުތަކެއް އޭނާގެ މިލްކިއްޔާތުގައި މިހާރުވެސް އެބަހުއްޓެވެ.
އެ ލިސްޓަށް މިހާރު މިވަނީ އައު އަދަދެއް އިތުރުވެފަ އެވެ. އެއީ އަގުބޮޑު މާސިޑީސް ބެންޒް މޭބެޗް މޮޑެލްގެ ކާރެކެވެ. ހަބަރުތައް ބުނާ ގޮތުގައި އެ ކާރަކީ ތިން ކުރޯޑް ރުޕީސްގެ އަގުބޮޑު ކާރެކެވެ.
މީގެ ކުރިން ކިއާރާގެ މިލްކިއްޔާތުގައި އޯޑީގެ ކާރެއް ވެސް އޮތެވެ. ރިޕޯޓުތައް ބުނާ ގޮތުންނަމަ އެކާރުގެ އަގަކީ 1.6 ކުރޯޑް ރުޕީސް އެވެ.
ކިއާާރާ ވަނީ އޭނާގެ އާ ކާރުގައި މިއަދު ޑަބިން ސްޓޫޑިއޯއަކަށް ގޮސްފަ އެވެ. އޭނާގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.
ފިލްމީ މަސައްކަތްތަކަށް ބަލާއިރު ކިއާރާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ކާތިކް އާރްޔަންއާއެކު "ސަތްޔަ ޕްރޭމް ކީ ކަތާ" އިންނެވެ.
ގަދަ އަވީގައި ވެސް ހޫނުނުވާ ހުދު ވެލީގެ ސިއްރު!
އީރާނުން އެމެރިކާގެ ހަނގުރާމަމަތީ ބޯޓުތަކަކަށް ހަމަލާދީފި
އާމިރުއާ ދެކޮޅަށް އާއްމުކުރި ފަތުވާއަށް އޭނާ ރައްދު ދީފި