ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި ސާމްޕަލްތަކުން ޖުމްލަ 52 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.

މިއަދު ޕޮޒިޓިވްވި 52 މީހުންގެ ތެރެއިން 32 މީހުން ޕޮޒިޓިވް ވެފައިވަނީ ބިޔާދޫ އައިލަންޑް ރިސޯޓުން ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އެ ރިސޯޓުން ޕޮޒިޓިވްވެފައިވާ އެންމެންނަކީ ވެސް ސްޓާފުންނެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ދެން ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 11 މީހަކާއި އަތޮޅު ތެރެއިން ޕޮޒިޓިވްވި ހަ މީހެއްގެ އިތުރުން އެހެން ރިސޯޓްތަކުން ޕޮޒިޓިވްވި ދެ މީހަކާއި ސަފާރީއަކުން ޕޮޒިޓިވްވި މީހެކެވެ.

މިއަދު ވަނީ 2568 ސާމްޕަލް ޓެސްޓްކޮށްފަ އެވެ.

މިހާރު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދަކީ 14،040 އެވެ. މި ބަލި ޖެހުނު މީހުންގެ ތެރެއިން 13،279 މީހަކު ވަނީ ރަނގަޅުވެފަ އެވެ. ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ޖުމުލަ އަދަދަކީ 705 އެވެ. އަދި އޭގެ ތެރެއިން 41 މީހަކަށް ފަރުވާ ދެނީ ހޮސްޕިޓަލްތަކުގަ އެވެ.

މި ބަލީގައި ރާއްޖެއިން މިހާތަނަށް 49 މީހަކު ވަނީ މަރުވެފަ އެވެ.