އިންޑިއާގެ އެންމެ މަގުބޫލު އެއް ރިއަލިޓީ ޝޯ ކަމަށްވާ "ބިގްބޮސް އޯޓީޓީ"ގެ ދެ ވަނަ ސީޒަންގެ ކޮންސެޕްޓާއި ތީމު ލީކުވެއްޖެ އެވެ.

"ބިގްބޮސް އޯޓީޓީ 2" މިމަހު ފެށުމަށް ތައްޔާރުވަމުން އަންނައިރު މިފަހަރުގެ ސީޒަން ކޮންސެޕްޓާއި ތީމު މިހާރު މިވަނީ ލީކުވެފަ އެވެ. މިފަހަރުގެ ސީޒަން ހުށަހަޅައިދޭނީ މަޝްހޫރު އެކްޓަރު ސަލްމާން ޚާން އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިފަހަރުގެ ސީޒަންގެ ތީމަކީ ޖަންގަލި އެވެ. ފުރަތަމަ ޝޯގެ ބައިވެރިން ޖަންގަލީގެ ތެރޭގައި ދިމާވާ ކަންތައްތަކާ ކުރިމަތިލާ ޖެހެ އެވެ.

ޖަންގަލީގެ ތެރޭގައި މޮޅުވާ މީހުންނަށް ސްޓްރެޓެޖިކް ފައިދާތަކާއި އިމްތިޔާޒުތައް ލިބެ އެވެ. ބުރަ މަސައްކަތުގައި ކާމިޔާބު ހޯދާ ފަރާތްތަކަށް މުއްސަނދި މައި ގެއަށް ޕްރޮމޯޓްކޮށް ކެޕްޓަންކަން ލިބޭނެ އެވެ.

މީގެ އިތުރުން މައި ގޭގެ ކައިރީގައި އެކްސްކްލޫސިވް ވީއައިޕީ ރޫމެއް ހިމެނޭ އާ ޒޯނެއް ހިމެނެ އެވެ. މިސީޒަނުގައި ހީވެސް ނުކުރާ ފަދަ ޓްވިސްޓްތަކާއި ޓާންސްތަކެއް ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މިފަހަރުގެ ސީޒަންގައި ވެސް ގިނަ މަގުބޫލު ޓީވީ ތަރިންނާއި ބައެއް ރިއަލިޓީ ޝޯތަކުގައި ބައިވެރިވެފައިވާ ފަންނާނުން ބައިވެރިވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ

"ބިގްބޮސް އޯޓީޓީ 1" ހޯސްޓްކޮށްފައިވަނީ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރު އެވެ. އެ ފަހަރުގެ ސީޒަން ކާމިޔާބު ކުރީ ދިވްޔާ އަގަރްވާލް އެވެ.