ކުޑަކުދިންނަށް އެންމެ ކަމުދާ ކާޓޫނުތަކުގެ ތެރެއިން ބާބީއަކީ ޒަމާނުއްސުރެ އަހަރުމެންގެ ތެރޭގައި މަގްބޫލު ކާޓޫނެކެވެ. މި ކާޓޫނުގެ ލައިވް އެޑެޕްޓޭޝަން މިހާރު ބެލުންތެރިންނާ ހަަމައަށް އައިސްފައިވާއިރު އެ ފިލްމުން އެންމެ ފާހަގަ ކޮށްލެވޭ ކަމަކީ ފިލްމުގެ ކޮންމެ މަންޒަރެއްގައި ވެސް ބޭނުންކޮށްފައިވާ ފިޔާތޮށި ކުލަ އެވެ.
ބާބީ ކާޓޫނުގައި ވެސް ފިޔާތޮށި ކުލަ ގިނަ އަދަދަކަށް ބޭނުންކޮށްފައިވާއިރު ކާޓޫނާ ވީހާވެސް ގާތް ކުރުމަށްޓަކައި ފިލްމުގެ ޕްރޮޑިއުސަރުން ވަނީ ލައިވް އެޑެޕްޓޭޝަން ފިލްމުގައި ގިނަ އަދަދަކަށް ފިޔާތޮށި ބޭނުންކޮށްފަ އެވެ.
ފިލްމުގައި ބާބީ ބޭނުންކުރާ ފަރްނީޗަރުން ފެށިގެން ބާބީގެ އަންނައުނާ ގަހަނާއަށް ދަންދެން ފެންނަނީ ފިޔާތޮށި ކުލާގަ އެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މި ފިލްމަށްޓަކައި އެތައް ސަތޭކަ ލީޓަރެއްގެ ފިޔާތޮށި ކުލަ ބޭނުންކުރަން ޖެހުނެވެ.
މިކަމުގެ ސަބަބުން ބައިނަލްއަގްވާމީ ބާޒާރުގައި ފިޔާތޮށި ކުލައާއި އެ ކުލައިގެ ދަވާދު ތަދުވެފައި ވާ ކަމަށާއި ފިލްމުގެ ޕްރޮޑިއުސަރުން ކުލަ ގަތް ކުންފުނިން ފިޔާތޮށި ކުލަ އެއްކޮށް ހުސްވެފައިވާ ކަމަށް ރިޕޯޓުތައު ބުނެ އެވެ.
އަންނަ ޖުލައި މަހުގެ 21 ވަނަ ދުވަހި ސިނަމާތަކުގައި އަޅުވަން ހަމަޖެހިފައިވާ ބާބީ ފިލްމަށް މިހާރުވެސް ގިނަ ބައެއްގެ ސަމާލުކަމާއި ތަރުހީބު ވަނީ ލިބިފަ އެވެ.
ކަނޑޫމާ ތިލަ ކައިރިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ
"އެކޯސް އޮފް ދަ ޓައިޑްސް"އާއެކު ދިވެހި ތާރީހުގެ ތެރެއަށް!
ވޯލްޑް ކަޕް 2026ގެ ލޯގޯ އިން ރަމްޒުކޮށްދެނީ ކޮން ކަމެއް!؟