ޒިމްބާބުވޭގެ ކުރީގެ ރައީސް ރޮބަޓް މުގާބޭ ސިޔާސީ ހަޔާތުގެ މައްޗަށް ވިސްނައިފި ބަޔަކަށް އިބުރަތެއް ލިބިގެންދާނެ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒް ވިދާޅުވެއްޖެ އެވެ.

ދެހާސް އަށެއްގައި އުފެދުނު އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އީނާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޒިމްބާބުވޭގެ ކުރީގެ ރައީސް ރޮބަޓް މުގާބޭ އަކީ އެއްއިރެއްގައި މިނިވަންކަމުގެ ބާނީ ކަމަށެވެ. އެހެން ނަމަވެސް މުގާބޭ ނިމިގެންދިޔައީ ހުދުމުހުތާރު ވެރިއެއްގެ ގޮތުގައި ކަމަށް އިނާޒް ވިދާޅުވި އެވެ

"މިއީ ރަނގަޅަށް ވިސްނައިފި މީހަކަށް އިބުރަތެއް!" އިނާޒް ވިދާޅުވި އެވެ.

އިނާޒް މިފަދައިން މިއަދު ޓްވީޓް ކުރައްވާފައިމިވަނީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް މުހައްމަދު ނަޝީދުއަށް އެމްޑީޕީގެ މަޖިލިސް މެންބަރު މުގާބޭ ނަމުން މުހާތަބުކޮށް ވާހަކަ ދައްކާފައިވަނިކޮށެވެ.

އެމްޑީޕީ އެތެރޭގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކާއެކު އެޕާޓީ ބައެއް މެންބަރުން ވަކިވެ އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތްވެސް އަންނަނީ ކުރަވަމުންނެވެ. މިކަމުގައި އެއްވެސް އިސްކޮށް ހުންނެވީ ރައީސް ނަޝީދު އެވެ.

ރައީސް ނަޝީދު އަކީ ރާއްޖެގައި ޑިމޮކްރަސީ ކުރިއަރުވައި އިސްލާހަށް ލޯބިކުރައްވާ ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވާ ބޭފުޅެކެވެ. އެހެން ނަމަވެސް މިހާރު އެމެންބަރު އެފަދަ ގޮތަކަށް ރައީސް ނަޝީދު ސިފަކުރައްވާ ތަނެއް ފެނިގެން ނުދެ އެވެ.