ނުވަދިހައގިގެ އަހަރުތަކުގައި ނުކުތް "ކުޗް ކުޗް ހޯތާހޭ"އަކީ މިއަދާ ހަމައަށް ވެސް ގިނަ ބައެއްގެ ހިތުން ޖާގަ ދެވިފައިވާ މަޝްހޫރު ފިލްމެކެވެ.
އެ ފިލްމުގެ ލަވަސެޓަށް ވެސް ގިނަ ބައެއްގެ ތަރުހީބު ލިބުނުއިރު ފިލްމުގެ ކޮރިއާގްރާފަރު ފަރާ ޚާން މިވަނީ ވަރަށް ފަހުން އެ ފިލްމުގެ ލަވައަކާ ބެހޭ ސިއްރެއް ހާމަކޮށްފަ އެވެ.
ރިއަލިޓީ ޝޯއެއްގައި ވާހަކަ ދައްކަމުން ފަރާ ބުނީ ފިލްމުގެ ލަވައެއް ކަމަށްވާ "ސާޖަން ޖީ ގަރް އާޔޭ" މިލަވައިގެ ބައެއް މަންޒަރުތަކުން ސަލްމާން ޚާންގެ ގޮތުގައި އެ ފެންނަނީ ސަލްމާން ނޫން ކަމަށެވެ.
"ސަލްމާން އަންނާނީ ކޮންމެ ދުވަހަކު ވެސް ދެތިން ގަޑިއިރަށް" ލަވައިގެ މަސައްކަތް ކުރިއަށް ދުވަސްވަރުގެ ތަޖުރިބާ ހިއްސާ ކުރަމުން ފަރާ ބުންޏެވެ.
ފަރާ އިތުރަށް ބުނީ ސަލްމާންގެ ޝެޑިއުލް ހުރި ގޮތުން އޭނާގެ ކެރެކްޓަރު "އަމަން"ގެ އަރިމަތިންނާއި މަތިން ނަގަންޖެހޭ މަންޒަރުތައް ނަގާފައިވަނީ ސަލްމާންގެ ބޮޑީ ޑަބަލްއެއް ބޭނުން ކޮށްގެން ކަމަށެވެ.
ކެމިއޯ ރޯލަކުން ސަލްމާން ފެނިގެންދާ "ކުޗް ކުޗް ހޯތާހޭ"ގެ ލީޑު ރޯލުތަކުން ފެނިގެން ގޮސްފައިވަނީ ޝާހްރުކް ޚާން، ކާޖޮލް އަދި ރާނީ މުކަރްޖީ އެވެ.
މެލޭޝިޔާއިން ފެންނަ އިޒްރޭލު މީހުން ވަގުތުން ޑީޕޯޓްކުރަނީ
ނޯލަންގެ "ދަ އޮޑިސީ"އަށް ޓޮމް ކްރޫޒްގެ ތައުރީފު އޮއްސާލައިފި
އެމްޑީޕީގެ ވެރިކަމެއްގައި ރަސްމާލެ ކުރިއަކަށް ނުގެންދާނެ: ނާޒިލް