ށ. ކަނޑިތީމު ފަޅުގައި އޮތް ދޯންޏެއްގައި ރޯވެ އަނދަމުން އެބަދެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިރޭ 22:45 ހާއިރު ކަމަށާއި އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އަލިފާން ރޯވެފައި ވަނީ ޕެޓްރޯލް އުފުލާ ދޯންޏެއްގައި ކަމަށް ފުލުހުން ބުންޏެވެ. އެ ދޯނި މިހާރު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފަ އެވެ.
ފުލުހުން ބުނީ އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށާއި ފުލުހުންނާއި އާންމުން ގުޅިގެން އެ ސަރަހައްދުގައި ހުރި ދޯނިތައް ދުރައްޖައްސައި އަލިފާން ނިއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ހިޝާންގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ކަމަަށް ކުއްޖަކު ނުބުނޭ"
ރާއްޖެ ތެލަށް ޖެހުމުގެ ފުރުސަތު ބޮޑު: ނަޝީދު
ލަންކާހެ ކަނޑުގެ ސިފައިން 654 ކިލޯގެ ޑްރަގް އަތުލައިގެންފި
