ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ނިޒާމް ގެއްލި ޕާޓީތަކުގެ މަޝްވަރާއަށް މަޖިލިސް މެދުކަނޑާލައިފި އެވެ.
މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން ރައީސް މުހައްމަދު ނަޝީދާއާއި ނާއިބު ރައީސް އީވާ އަބްދުﷲ އުޒުރުވެރިވެފައިވާތީ އަމީން އާންމުވަނީ މިއަދުވެސް މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފަށް ދަންނަވާފަ އެވެ.
މިއަދުގެ ޖަލްސާގައި ފުރަތަމަ ކަމަކަށް އެޖެންޑާ ކޮށްފައި އޮތީ ކޮމިޓީތަކަށް މެމްބަރު އަލުން އެކުލަވާ ލުމާ ގުޅޭ މައްސަލަ އެވެ.
ނަމަވެސް އޭގެ ކުރިން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފުގެ ކުއްލި މައްސަލަ ހުށައަޅުއްވަން ރިޔާސަތުންވަނީ ފުރުސަތު އަރުވާފަ އެވެ. އެއީ ސަރުކާރުން ބިލިއަނުން ކުންފުނިތަކަށް ބަދަލު ދިން މައްސަލައިގައި، ބަދަލުދިން އަދަދުގެ ތަފްސީލާއި ބަދަލު ދިން ހުރިހާ ކުންފުނިތަކެއްގެ ނަންތައް ހާމަ ކުރުމަށް ގޮވާލާ ހުށަހެޅި މައްސަލަ އެވެ.
މެމްބަރު އާދަމް ޝަރީފް ކުއްލި މައްސަލަ ހުށައަޅުއްވަމުން ގެންދަވަނިކޮށް ބައެއް މެމްބަރުން އަޑުގަދަކޮށް މަޖިލީހުގެ ނިޒާމްވަނީ ގެއްލުވާލާފަ އެވެ.
އެހެންކަމުން ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާކޮށް މަޖިލިސް ކުރިއަށް ގެންދެވޭނެ ގޮތެއް ކަނޑައެޅުމަށް ރިޔާސަތުންވަނީ ޖަލްސާ މެދު ކަނޑާލާފަ އެވެ.
ދައުލަތުގެ މާލީ އެހީދޭ އުސޫލަށް މީޑިއާތަކުގެ މަޝްވަރާ ހޯދަނީ
3،984ރ. ގައި ހުރި ހިޔާ ފްލެޓްގެ ކުލި ކުޑަކޮށްދޭން އެދިއްޖެ
އެމްޑީޕީގެ ކައުންސިލް ޕްރައިމަރީ ޖެނުއަރީ 30 ގައި ބާއްވާނީ