މިއަދަކީ ޑިމޮކްރެސީގެ ހަޔާތުގައި ކަޅު ދުވަހެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދުގެ މިމެސެޖް ހާމަކުރައްވާފައިވަނީ މިއަދު އިދިކޮޅު ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް އެވެ.

ޕްރެސްކޮންފަރެންސްގެ ކުރިން އެބޭފުޅުން ތިއްބެވީ ރައީސް ނަޝީދާއެކު މަޖިލީހުގެ ކުޑަ ދަށުގައި މަޝްވަރާ ކުރައްވާށެވެ. އެއަށްފަހު ނޫސްވެރިންގެ ބައްދަލުވުމުގައި ޝިޔާމް ވިދާޅުވީ

ރައީސް ނަޝީދައި މިއަދު ދިމާވުމުން މަޖިލިސް ހުއްޓުވާފައި އޮތް އޮތުމާއިމެދު އެމަނިކުފާނު ނުހަނު ކަންބޮޑުވާކަން ހާމަކުރެއްވި ކަމަށެވެ. އަދި މިއީ ޑިމޮކްރަސީގެ ހަޔާތުގައި ކަޅު ދުވެއްގެ ގޮތުގައި އެމަނިކުފާނު ސިފަ ކުރައްވާކަމަށެވެ.

"ރައީސް ނަޝީދުވެސް ވިދާޅުވީ އެމަނިކުފާނުވެސް ވަރަށް ކަންބޮޑުވާ ކަމެއްކަމަށް މީ. ސަރުކާރުން މަޖިލިސް ތަޅުއަޅުވައިގެން މަޖިލީހުގެ މަސައްކަތްތައް ހުއްޓާލާފައި އޮތުމުން. ރައީސް ނަޝީދު ސިފަ ކުރެއްވީ މިއީ ރާއްޖޭގެ ޑިމޮކްރެސީގެ ހަޔާތުގައި ކަޅު ދުވަހެއްގެ ގޮތުގައި" ޝިޔާމް ވިދާޅުވި އެވެ.

މަޖިލިސް އެކީގައިހެން ހުއްޓިފައި އޮންނަތާ ތިން ހަފުތާއެއްހާ ދުވަސް ފަހުން، ނޫސްވެރިންނާ ބައްދަލުކުރައްވައި ނަޝީދު އިއްޔެ ވިދާޅުވީ ރިޔާސަތާ ހަވާލުވެވަޑައިގަންނަވަން އިންކާރު ކުރެއްވީ ދުނިޔޭގެ "ބެސްޓް ޕްރެކްޓިސް" އާ އެއްގޮތަށް ކަމަށެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ ހުށައަޅާފައިވާ މަޖިލިސް ރައީސާއި ނައިބު ރައީސްގެ މައްސަލަތައް އަނބުރާ ނުނަންގަވާނެ ކަމަށެވެ.