އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންފި އެވެ.

ރައީސް ނަޝީދު ކުރެއްވިޓުވީޓުގައި ވަނީ " މިއަދު އަޅުގަނޑު އެމްޑީޕީން ވަކިވެއްޖައިން" ކަމުގަ އެވެ.

އެމްޑީޕީގެ ޗެއާޕާސަންއަށް ފުނޮއްވި ސިޓީވެސް ޓުވީޓުގައި ހާމަކުރައްވާފައިވެ އެވެ. އެ ސިޓީގައިވަނީ "ރާއްޖޭގައި މިވަގުތު ކަންކަން ހިނގަމުދާގޮތަށް ބަލާ އަޅުގަނޑު ތިޔަ ޕާޓީގައި ހުރުން އެއީ އެންމެ ރަނގަޅުގޮތްކަމަށް ނުދެކޭ ކަމުން، އަޅުގަނޑު ތިޔަ ޕާޓީއިން ވަކިވި ވާހަކަ ދެންނެވީމެވެ."

ރައީސް ނަޝީދާއި ރައީސް ސޯލިހާއި ދެބޭފުޅުންގެ ދެމެދުގައި މައްސަލަ ގޯސްވެ އެންމެ ބޮޑު ރެނދެއްލީ ރިޔާސީ ޕްރައިމަރީގެ ތެރޭގަ އެވެ. އެހިސާބުން ފެށިގެން ރައީސް ނަޝީދު ގެންދެވީ ފިކުރެއްގެ ދިރުން މިނަމުގައި ފެކްޝަން އެއް އުފައްދަވައިގެން އެމަނިކުފާނުގެ ސަޕޯޓަރުންނާއެކި މަސައްކަތް ކުރައްވަމުންނެވެ. އަދި ރައީސް ސޯލިހަށާއި ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ވިދާޅުވަމުންނެވެ. އަދި "ދަ ޑިމޮކްރެޓްސްގެ" ނަމުގައި އެމަނިކުފާނު ފަހަތްޕުޅުގައި ހުންނަވައިގެން ސިޔާސީ ޕާތީއެއް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ފަށްޓަވާފަ އެވެ.

އޭގެފަހުން އެމްޑީޕީން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ރައީސް ނަޝީދު ވަކި ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފަ އެވެ. މިހާރު މަޖިލިސްވެސް އޮތީ ރިޔާސަތު ބަލަހައްޓަވާނެ ބޭފުޅަކު ނެތިގެން މަޑުޖެހިފަ އެވެ.