މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށްޓަކައި ސައޫދީ އަރަބިއްޔާއަށް ކުރައްވާ ދަތުރުފުޅެއްގައި ނައިބު ރައީސް ފައިސަލް ނަސީމު މިރޭ ފުރާވަޑައިގެންފި އެވެ.
ރައީސް ސޯލިހު ވަނީ މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދިޔަ ހައްޖާޖީންގެ އެންމެހައި ކަންތައްތައް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްހައްޖުގެ ގޮތުގައި ނައިބު ރައީސް ކަނޑައަޅުއްވާފަ އެވެ.
ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ލިބިފައިވާ 1000 ކޯޓާގެ ދަށުން އެކި ދުވަސްމަތިން މިހާރު ވަނީ ޙައްޖަށް ދާ ގްރޫޕްތައް ސަޢުދީއަށް ގޮސްފަ އެވެ.
މި އަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ހައްޖު ކޯޕަރޭޝަންގެ އިތުރުން ތިން ކުންފުންޏަކަށް އިސްލާމިކް މިނިސްޓްރީން ވަނީ ދީފަ އެވެ.
ޕެޓިޝަން ގަވާއިދަށް ގެނައި ބަދަލު ޕީއެންސީން ދިފާއުކޮށްފި
އައިކޮމްގެ މަގާމަށް ކުރީގެ ކޮމިޝަނަރު އަޒީގެ ނަން މަޖިލީހަށް
ބޭރުގެ ޓޫރިޒަމް ވިޔަފާރިތަކުން ޓެކްސް ނަގަން ފާސްކޮށްފި