އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް، އެ މަގާމު ކުރިން ވެސް ފުރުއްވި އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު (އަޒީ) އައްޔަންކުރުމަށް ރުހުން ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
އަޒީ މި ވަގުތު ހުންނެވީ ދިވެހިބަހާއި ތަރިކައާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގަ އެވެ.
މިހާރުގެ އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދުގެ ފަސް އަހަރުގެ ދައުރު އަންނަ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހަށް ހަމަވާތީ، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މި އޮގަސްޓު މަހުގެ 3 އިން 16 އަށެވެ.
އެ މުއްދަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސް މުއިއްޒު އިސްކަންދެއްވައިގެން މަޖިލީހަށް ފޮނުއްވީ އަޒީގެ ނަމެވެ.
ފާހަގަކޮށްލެވޭ ގޮތުގައި 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރުކަން ވެސް ކުރެއްވި އަޒީއަކީ 2014 ވަނަ އަހަރު އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އުފެއްދި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ އެންމެ ފުރަތަމަ ކޮމިޝަނަރެވެ.
ޝެލް ލުބްރިކަންޓްސް ރާއްޖެއަށް އެތެރެކޮށް ވިއްކަނީ ވިލާއިން
"ސްޕައިޑަ މޭން: ދަ ބްރޭންޑް ނިއު ޑޭ" 2 ބިލިއަން ޑޮލަރު ކްލަބަށް!