ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި ސާމްޕަލްތަކުން އިތުރު 50 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނިގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރު ނެގި 3،129 ސާމްޕަލް އިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހަދުން ޕޮޒިޓިވްވި 19 މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 28 މީހެއްގެ އިތުރުން އަތޮޅު ތެރެއިން ޕޮޒިޓިވްވި ތިން މީހެކެވެ.

ރިސޯޓްތަކުން ޕޮޒިޓިވްވި ކޭސްތަކުގެ ތެރޭގައި ސަން ސިޔާމް އޮޅުވެލި ރިސޯޓު ޕޮޒިޓިވްވި 20 މީހަކު ހިމެނެ އެވެ. އެ ރިސޯޓުން މިހާތަނަށް ޖުމްލަ 24 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

މިހާރު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 14،159 އަށް އަރާފައެވެ. އޭގެ ތެރެއިން 13،365 މީހަކު ވަނީ ބަލިން ފަސޭހަވެފަ އެވެ.

މިބަލީގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 738 އެވެ. އޭގެ ތެރެއިން 54 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެނެވެ.

މި ބަލީގައި މިހާތަނަށް ރާއްޖެއިން 49 މީހަކު ވަނީ މަރުވެފަ އެވެ.