ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބާއްވަން ހަމަޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފި އެވެ.

ދައުރުން ބޭރުން ޖައްސާއެއް ބާއްވަން ނިންމާފައި ވަނީ މަޖިލީހަށް މިހާރު ހުށަހަޅާފައި ހުރި މަސައްކަތްތައް ނިމެންދެން ދައުރު ދައިމަންލަން މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީން ހުށަހެޅި ނަމަވެސް އެގޮތަށް ފާސްނުވެ މަޖިލިސް ޗުއްޓީއަށް ގޮސްފައިވަނިކޮށެވެ.

ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން ހުށަހަޅާތާ ދެ ހަފުތާގެ ތެރޭގައި ޖަލްސާ ބާއްވަން މަޖިލީހުގެ ގަވާއިދުން ލާޒިމްކުރެ އެވެ. އެގޮތުން އެމްޑީޕީން ހުށަހެޅި ހެށުމަށް އަންނަ ބުރާސްފައްޗަށް 14 ދުވަސް ހަމަވާނެ އެވެ.

މަޖިލީހުގެ ކޮމިޓީތަކުގެ ކޮމްޕޮޒިޝަން އެކުލަވާލުމާ ގުޅޭގޮތުން މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ހިޔާލު މި ޗުއްޓީތެރޭގައި މަޖިލީހުން ވަނީ ހޯދާފަ އެވެ. އަދި ޕާޓީތަކަށް މިހާރު ހުށައެޅިފައިވާ ހުށައެޅިންތަކަށް އިސްލާޙު ހުށައެޅުމަށްވެސް ވަނޫީ ފުރުސަތު ދީފަ އެވެ.

މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި މަޖިލީހުގެ ކޮމިޓީތަކަށް މެމްބަރުން އެކުލަވައިލުމުގެ އިތުރުން މަޖިލީހުގެ ރައީސް، ރައީސް ނަޝީދާއި ނައިބު ރައީސް އީވާ މަގާމުން ވަކިކުރުންވެސް ހިމެނެ އެވެ.