ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މ. އަތޮޅަށާއި ވ. އަތޮޅަށް ފުރާވަޑައިގެންފި އެވެ.

ރައީސް ސޯލިހު މިއަދު ފެއްޓެވި މި ދަތުރުފުޅުގައި މ. ކޮޅުފުށި، ނާލާފުށި، މުލި އަދި މުލަކަށް ވަޑައިގަންނަވާނެ އެވެ.

މ. އަތޮޅަށް މިއަދު ފެއްޓެވި ކެމްޕޭން ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް ސޯލިހު ވ. އަތޮޅަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

ވ. އަތޮޅަށް ރައީސް ކުރައްވާ ދަތުރުފުޅުގައި ވ. ރަކީދޫ، ކެޔޮދޫ، ފެލިދޫ، ތިނަދޫ އަދި ފުލިދޫއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

"އުފާވެރި އަމާން ރާއްޖެ" މި ޝިއާރުގެ ދަށުން ފުރަތަމަ ކެމްޕެއިން ދަތުރުތައް ފެއްޓެވީ ށ. އަތޮޅުންނެވެ. ޖުލައި 9 ވަނަ ދުވަހު ށ. އަތޮޅަށް ދަތުރު ފެއްޓެވިއިރު، އެމަނިކުފާނު ވަނީ ކޮމަންޑޫ، މަރޮށި، ނޫމަރާ އަދި ފޯކައިދޫ އަށް ވަޑާއިގަންނަވާފަ އެވެ. އޭގެ ފަހުން. ކ. އަތޮޅު ގުރައިދޫ، ގުޅި އަދި މާފުއްޓަށް ވެސް ވަޑައިގެންނެވި އެވެ.