މ. މުލަކު ސިއްހީ މަރުކަޒަށް އިތުރުކުރެވުނު އިމާރާތް ހުޅުވައިދެއްވައިފި އެވެ.
މި އިމާރާތް ހުޅުވައިދެއްވީ މިހާރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު މުލަކުގައި ބޭއްވި ރަސްމިއްޔާތެއްގައި އެވެ.
މުލަކު ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ހުޅުއްވައި ދެއްވުމަށް ފަހުގައި ރައީސް ވަނީ، އެ އިމާރާތާއި މުލަކު ސިއްހީ މަރުކަޒުގެ ހިދުމަތްތައް ކުރިޔަށްދާ ގޮތް ބައްލަވާލައްވައި މައުލޫމާތު އޮޅުންފިލުއްވަވާފަ އެވެ.
މުލަކު ސިއްހީ މަރުކަޒަށް އިތުރުކުރެވުނު އިމާރާތުގައި، ޕަބްލިކް ހެލްތު ޔުނިޓަކާއި، ކޮންފަރެންސް ހޯލަކާއި، އިދާރީ މަސައްކަތް ކުރާނެ ޖާގައިގެ އިތުރުން މެޑިކަލް ކޮންސިއުމަބްލްސް ސްޓޯރެއް ހިމެނެ އެވެ.

ތެލުގެ ހަރަދަށް ރާއްޖޭން 100 މިލިއަން ޑޮލަރުގެ ލޯނެއް ނަގަނީ
ތެޔޮ ފީފާއެއްގެ އަގު 200 ޑޮލަރަކަށް ބޮޑުވެދާނެ: އީރާން
އެއާޕޯޓުން ޑޮލަރު ފޭރުނު 8 މީހަކަށް ދައުވާ ކޮށްފި