އަކްޝޭ ކުމާރަކީ ބޮލީވުޑްގައި ގިނަ ފިލްމުތަކެއް ކުޅެ ގިނަ ކާމިޔާބީތަކެއް ވެސް ހޯދާފައިވާ ފަންނާނެކެވެ. އެހެން ނަމަވެސް ގިނަ ބަޔަކަށް ނޭނގި އޮތް ކަމަކީ އޭނާއަކީ ވަރަށް ފަހަކާ ޖެހެންދެން ކެނެޑާގެ ރައްޔިތެއް ކަމެވެ.

އެެހެން ނަމަވެސް އެންމެ ފަހުން އަކްޝޭ މިވަނީ ކެނެޑާގެ ރައްޔިތުކަން އެއްކޮށް ދޫކޮށްލައި ރަސްމީ ގޮތުން އިންޑިއާގެ ރައްޔިތުކަން ހޯދާފަ އެވެ.

އަކްޝޭ މިކަން އިއުލާން ކޮށްފައިވަނީ އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އޭނާގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރި ޕޯސްޓެއްގަ އެވެ.

"ހިތް ވެސް އަދި ރައްޔިތުކަން ވެސް އިންޑިއާ" އަކްޝޭގެ އެ ޕޯސްޓުގައި ބުނެފައިވެ އެވެ.

އިއްޔެއާ ހަަމައަށް އަކްޝޭއަކީ އިންޑިއާ އާއިލާއަކަށް ނިސްބަތްވި ނަމަވެސް ކެނެޑާއަށް އުފަން ކެނެޑާ ރައްޔިތެކެވެ. މިކަމަށްޓަކައި އިންޑިއާގެ ގިނަ ބަޔަކު އޭނާއަށް ފާޑުވެސް ކިޔަމުންދެ އެވެ.

ކެނެޑާއަށް ހިޖުރަކުރި އިންޑިއާ އާއިލާއަކަށް އުފަން އަކްޝޭ ކައިވެނި ވެސް ކޮށްފައިވަނީ އިންޑިއާ ރައްޔިތަކާ އެވެ. އެއީ ރާޖޭޝް ޚަންނާގެ ދަރިފުޅު ޓްވިންކަލް ޚަންނާ އެވެ.