އަރާމުކޮށް ނިދާލުމަށްޓަކައި އިސްޓާކީނު ލައިގެން ނިދުމަކީ ގިނަ ބައެއްގެ އާދަ އެކެވެ. ނަމަވެސް މި އާދައަކީ ހުއްޓަން ޖެހޭ އާދައެއް ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.
އިސްޓާކީނު ލައިގެން ނިދުމުގެ ސަބަބުން ނިދާއިރު ހިތުގެ ވިންދު ހުންނަ ގޮތްތަކަށް ބަދަލު އާދެ އެވެ. އަދި ބައެއް މީހުންގެ ހަންގަނޑު ހަލާކުވުމުގެ ފުރުސަތު ވެސް ބޮޑެވެ.
އިސްޓާކީނު ލައިގެން ނިދުމުގެ ސަބަބުން ދިމާވެދާނެ ކަމަށް ސިއްހީ މާހިރުން ލަފާކުރާ ބައެއް ކަންތައްތައް ފާހަގަ ކޮށްލާނަމެވެ.
ނިދަން އުނދަގޫވުން އަދި ހަށިގަނޑުގެ ފިނިހޫނު މިން މަތިވުން
އިސްޓާކީނާއި ނުލައި ފައި ހޫނުކޮށް ބެހެއްޓޭނެ ގޮތްތަކަކީ ނިދުމުގެ ކުރިން ފައި ތެޔޮ ލައިގެން މަސާޖް ކުރުމާއި، ފައި ހޫނު ފެނުން ދޮވުމެވެ. އަދި ނިދުމުގެ މަދުވެގެން އެއްގަޑިއިރު ކުރިން އިސްޓާކީނުލައި ނިދަން ވުމުން ބާލާނީ އެވެ. އިސްޓާކީނު ލައިގެން ނިދި ހަރާބު ވުންވެސް ގާތެވެ. ސަބަބަކީ އިސްޓާކީން ލައިގެން ނިދަން އުދަގޫވާނެތީ އެވެ.
ހަންގަނޑުގެ އިންފެކްޝަންތައް ޖެހުމަށް މަގުފަހިވުން
ނައިލޯނުން ހަދާފައިވާ އިސްޓާކީނުގެ ސަބަބުން އިންފެކްޝަންތައް އުފެދުމަށް ވަރަށް ބޮޑަށް މަގުފަހިވެ އެވެ. އެހެންކަމުން ހަންގަނޑަށް ފަސޭހަ ކަފައިން ހަދާފައިވާ އިސްޓާކީނު ބޭނުންކުރާށެވެ.
ލޭގެ ޕްރެޝަރަށް ބަދަލު އައުން
އިސްޓާކީނު ލައިގެން ނިދަން އޮތުމުގެ ސަބަބުން ބައެއް މީހުންގެ ލޭގެ ސަރކިއުލޭޝަން މަތިވި ކަމުގައ ވިޔަސް ބައެއް މީހުންގެ ސާކިއުލޭޝަން ދައްވެއެވެ. އެހެންކަމުން ލޭގެ ޕްރެޝަރ ދައްވުން ނޫނީ މަތިވުން ދިމާވެ އެވެ.
ނިދާއިރު ފައި ހޫނުކޮށް ބަހައްޓަން ބޭނުން ނަމަ ހޫނު ތެޔޮ ފޮދަކުން މަސާޖު ކޮށްލެވިދާނެ އެވެ. ނޫންނަމަ ނޫހު ފެން ޕެކެއް ބޭނުން ކޮށްގެން ވެސް ފައި ހޫނު ކޮށްލެވިދާނެ އެވެ.