ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި ސާމްޕަލްތަކުން އިތުރު 79 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެއިން 36 މީހުންނާއި ރިސޯޓުތަކުން 35 މީހުންނާއި، މީހުން ދިރިއުޅޭ އެހެން ރަށްރަށުން ހަ މީހުންނާއި، ލިވްއަބޯޑްތަކުން ޕޮޒިޓިވްވި ދެ މީހުންނެވެ.

މިއަދު ކޮވިޑަށް ޓެސްޓް ކުރީ 3،428 ސާމްޕަލެވެ.

މިއަދުގެ އަދަދުތަކާ އެކު ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު ވަނީ 1017 އަށް އަރާފަ އެވެ.

މި ބަލިން މިހާތަނަށް 13،615 މީހުން ރަނގަޅުވެފަ އެވެ. އޭގެތެރެއިން 79 މީހަކަށް ފަރުވާ ދެނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެނެވެ. އަދި އައިސީޔޫގައި ތިން މީހަކަށް ފަރުވާ ދެމުންދެއެވެ. އޭގެތެރެއިން އެކަކަށް ފަރުވާ ދެނީ ވެންޓިލޭޓަރުގަ އެވެ.

މި ބަލީގައި މިހާތަނަށް ރާއްޖެއިން 49 މީހަކު ވަނީ މަރުވެފަ އެވެ.