އައިޖީއެމްއެޗުގައި ހިތުގެ ބަލިތަކަށް ފަރުވާ ދިނުމަށް ގާއިމްކޮށްފައިވާ ކެތު ލެބްގެ ހިދުމަތްތައް މެދުކެނޑިއްޖެ އެވެ.
އައިޖީއެމްއެޗުން ބުނީ ކެތު ލެންގެ ހިދުމަތްތައް މެދެކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ. އެހެން ނަމަވެސް ދިމާވީ ކޮން ކަހަލަ ޓެކްނިކަލް މައްސަލައެއް ކަމަށް ވެސް އެ ހޮސްޕިޓަލުން ނުބުނެ އެވެ.
އެ މައްސަލަ ހައްލުކޮށް ކެތު ލެބުގެ ހިދުމަތްތައް އަލުން ފަށަން ހަފްތާއެއްހާ ދުވަސް ނަގާނެ ކަމަށް ވެސް އައިޖީއެމްއެޗުން ބުނެ އެވެ.
އެ ހޮސްޕިޓަލުން ބުނީ ކެތު ލެބަށް ބޭނުންވާ ސާމާނާއި ތަކެތި އެބަހުރި ކަމަށާއި އެއްވެސް އެއްޗެއް ހުސްނުވާ ކަމަށެވެ.
ކެތު ލެބުގައި ހިތުގެ ބަލިތަކާ ގުޅުންހުރި މުހިއްމު ތަހުލީލުތަކާއި އޮޕަރޭޝަންތައް ކުރެ އެވެ. އޭގެ ތެރޭގައި، އެބްލޭޝަން، އެންޖިއޯގްރާމް، އެންޖިއޯޕްލާސްޓީ ފަދަ ކަންކަން ހިމެނެ އެވެ.
ތިމާވެށި ރައްކާތެރިނުކުރާތީ ކަންބޮޑުވުން
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ހިޒްބުﷲ އިން ބަލައިނުގަތް
61 އަހަރުގައި އާމިރު ތިންވަނަ ކައިވެންޏެއްގެ މިސްރާބަށް!