ހެނދުނުގެ ނާސްތާ ނުނަގާ ނަމަ ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑުކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

އެމެރިކާގައި މަޤްބޫލް މެގަޒިންއެއް ކަމުގައިވާ "ޖާނަލް އޮފް އެމެރިކަން ކޮލެޖް އޮފް ކާޑިއޮލޮޖީ" ގައި ޝާއިއުކޮށްފައިވާ ދިރާސާ، ކުރިއަށް ގެންދިޔައީ 65 އަހަރާއި 75 އަހަރާއި ދެމެދުގެ 6550 މީހުން ބައިވެރި ކޮށްގެންނެވެ.

މި ދިރާސާގައި ބައިވެރިވި މީހުންގެ 60 ޕަސެންޓް މީހުން ކޮންމެ ދުވަހަކު ވެސް ނާސްތާ ނަގާކަމަށް ބުނެފައިވެ އެވެ. ފަންސަވީސް ޕަސެންޓް މީހުން ބައެއް ދުވަސްތަކުގައި ނާސްތާ ދޫކޮށްލާ ކަމަށް ބުނެފައިވާއިރު 16 ޕަސެންޓް މީހުން ބުނެފައިވަނީ ނާސްތާ ނަގަނީ ވަރަށް މަދުން ނުވަތަ އެއްގޮތަކަށް ވެސް ނާސްތާ ނުނަގާ ކަމަށެވެ

ދިރާސާގައި ބުނެފައިވާ ގޮތުގައި ކޮންމެ ދުވަހަކު ނާސްތާ ނަގާ މީހުންނާއި އަޅާ ބަލާއިރު ނާސްތާ ގަވާއިދުން ނުނަގާ މީހުންގެ ތެރެއިން 87 ޕަސެންޓް މީހުންގެ ހިތަށް ލޭ ފޮނުވައިދޭ ހޮޅިތަކަށް މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ.

މީގެ ކުރިން ކޮށްފައިވާ ވަރަށް ގިނަ ދިރާސާތަކުން ވެސް ވަނީ ނާސްތާ ދޫކޮށްލާ މީހުންނަށް ހަކުރު ބައްޔާއި ލޭ މައްޗަށް ދިއުން އަދި ކޮލެސްޓްރޯލް މަތިވުމުގެ މައްސަލަތަކާއި ކުރިމަތިވާކަމަށް ދައްކާފަ އެވެ.