ފަރަހަނާޒަކީ ރައީސް މުހައްމަދު އަމީނަށް ކާފަ ވިދާޅުވާ ބޭފުޅެއް. ނައުޝާދަކީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ކޮއްކޯފުޅެއް.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން އެމްޑީޕީ އެތެރޭގެ ކޯޅުން ބޮޑުވެ، އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރު ފަރަހަނާޒް އަކީ މުނާފިގެއް ކަމަށް ޑެޕިއުޓީ ހައުކޮމިޝަނަރު ނައުޝާދު ވަހީދު ސިފަ ކުރައްވައިފި އެވެ.

ފަރުހަނާޒަކީ އެމްޑީޕީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރެއްވި ބޭފުޅެކެވެ. އެހެން ނަމަވެސް ރިޔާސީ އިންތިހާބުގައި ފަރަހަނާޒު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާފަ އެވެ.

ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅުއްވި ދުވަސްވަރު މަޖިލީހުގެ ތެރޭގައި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް މެންބަރުން ރައީސް ނަޝީދަށް އަމާޒުކޮށް އަޑު ގަދަ ކުރައްވާ ވީޑިއޯއެއް ހިއްސާކުރައްވައި ޑެޕިއުޓީ ހައިކޮމިޝަނަރު ނައުޝާދު އެކްސްގައި ވިދާޅުވީ ރައީސް ނަޝީދަކީ ރާއްޖޭގެ ޑިމޮކްރަސީގެ ބާނީ ކަމަށެވެ. އަދި ފަރަހަނާޒް ފަދަ "މުނާފިގު ލަދު ކުޑަ" މީހުން އުޑުގައި ޖެހިފައި ބިމުގައި ޖެހުނަސް އެއީ ބަދަލުވާނެ ހަގީގަތެއް ނޫން ކަމަށް ވެސް ނައުޝާދު ވިދާޅުވި އެވެ. އަދި ވަޒީފާގެ ދަހިވެތި ކަމުގައި ފޭކް ރުއިން ރޯނެ ކަމެއް ނެތް ކަމަށް ވެސް ނައުޝާދު ވިދާޅުވި އެވެ.

ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުން ރައީސް ސޯލިހުގެ މައްޗަށް އިދިކޮޅު ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ކުރި ހޯއްދަވާފައި ވަނީ 46 އިންސައްތަ ހޯއްދަވައިގެންނެވެ. އިންތިހާބުގައި ރައީސް ސޯލިހަށް ލިބިވަޑައިގަތީ 39 އިންސައްތަ އެވެ.