މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިންގައި ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ ކެމްޕެއިން ޓީމުން އުތުރުގެ ތިން އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ފުރައިފި އެވެ.
ޕީޕީއެމްއިން ބުނީ މިދަތުރުފުޅުގައި އެ ތިން އަތޮޅުގެ ގިނަ ރަށްތަކަށް މުއިއްޒު ވަޑައިގެން ކެމްޕޭން ކުރައްވާނެ ކަމަށެވެ. މި ރަށްތަކަށް ވަޑައިގެން ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުންނާ މުއިއްޒު ބައްދަލުކުރައްވާނެ އެވެ.
މި ދަތުރުތަކުގައި ޑރ މުއިއްޒުގެ އިތުރުން، މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް މުހައްމަދު ނާޒިމާއި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله އާއި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ބައިވެރިވެވަޑައިގަންނަވަ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕޭނަށް މިދިޔަ ހަފްތާގައި ޑރ. މުއިއްޒު ވަނީ އަރި އަތޮޅުގެ ނުވަ ރަށަކަށް ވަޑައިގެންފަ އެވެ. އެއީ އއ. އަތޮޅުގައި ހިމެނޭ ދެ ރަށަކަށާއި އދ. އަތޮޅުގައި ހިމެނޭ ހަތް ރަށަކަށެވެ.
މުއިއްޒު ވަނީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް 100 އާ ގާތް ކުރާ އަދަދަކަށް ރަށްތަކަށް ވަޑައިގެން ކެމްޕެއިން ކުރައްވައިފަ އެވެ. އަދި މުއިއްޒުގެ ރަނިންމޭޓު، އަދި މަޖިލިހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ވެސް ވަނީ ވަރަށް ގިނަ ރަށްރަށަށް ވަޑައިގެންފަ އެވެ.
ބަރުލަމާނީ ނިޒާމަކީ ސީދާ ޚުދު މުޚުތާރު ނިޒާމެކޭ މިކަން މިގޮތަށް މިވަނީ މަޖްލީހަށް ރައްޔިތުން ހޮވާ މެމްބަރުންނަކީ އެއީ ރައްޔިތުންގެ ލާބަ އާއި މަންފާ އަށްޓަކައި މަސައްކަތް ކުރަން ޖެހޭ ބަޔަކަށް ވާއިރު ޕާރޓީން ތްރީލައިން ވިޕެއް ނެރެފިނަމަ އެދެން މަޖްލީހުގެ މެމްބަރު އަމިއްލަ އަށް ފެންނަ ގޮތަށް ވޯޓް ދިނުން ބަންދުވީއޭ މީ ސީދާ އޮޅުވާލުމާއި މަކަރާއި ހީލަތް ފުރަތަމަ ގާނޫނެއް ހަދާ ފާސްކުރެގަ އެއްވެސް ސިޔާސީ ޕާރޓީ އަކަށް ތްރީލައިން ވިޕް ނުނެރެވޭނެ ކަމަށް ފާސްކުރޭ އެއިރުން ދެން ތިޔާ ބަރުލަމާނީ ބަލައިގަނެވޭނީ