ކޮވިޑް ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެ އެވެ.
މިއީ މި ބަލީގައި ރާއްޖެއިން މަރުވި 51 ވަނަ މީހާ އެވެ.
އެޗްޕީއޭއިން ބުނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ކޮވިޑަށް ފަރުވާ ދެމުންދިޔަ އުމުރުން 86 އަހަރުގެ ދިވެއްސަކު މިއަދު ހަވީރު 4:27 ހާއިރު މަރުވެފައިވާ ކަމަށެވެ.
ރާއްޖޭގައި މިވަގުތު ކޮވިޑަށް ފަރުވާ ހޯދަމުންދާ މީހުންގެ ޖުމްލަ އަދަދަކީ 1015 އެވެ. އޭގެ ތެރެއިން 77 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލުތަކުގަ އެވެ.
ފަހަކަށް އައިސް ކޮވިޑްގެ ކޭސްތައް އަންނަނީ އިތުރުވަމުންނެވެ.
ފޮނަދޫ ވޯޓު ފޮއްޓަކަށް ވަގު ވޯޓު އެޅި މައްސަލައެއް
ޗާގޯސް އެއްބަސްވުން އިނގިރޭސިވިލާތުން މަޑުޖައްސާލައިފި
އެމްއޭސީއެލް އިން ސިޔާސީ ގޮތުން ވަޒީފާ ދިން މީހުނަށް 2.1 މިލިއަން
