އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓް އެކުލަވާލުމާ ގުޅޭގޮތުން އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ހިމެނިވަޑައިގަންނަވާ ކޮމިޓީގައި ތިއްބަވާ މެމްބަރުންގެ ހާމަކޮށްފި އެވެ.
އިންތިގާލީ މުއްދަތުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިރްޒުލް ވިދާޅުވީ ކުރިން މި ކޮމިޓީގައި ހަތް މެމްބަރުން ތިއްބެވި ނަމަވެސް މިހާރު މެމްބަރަކު ކޮމިޓީ އަށް އިތުރުކޮށްފައިވާ ކަމަށެވެ.
މި ކޮމިޓީ ޗެއާ ކުރައްވަނީ މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކަމަށް ފިރްޒުލް ވިދާޅުވި އެވެ.
ކޮމިޓީގައި ތިއްބަވާ މެމްބަރުން1- މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ސައީދު2- ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު3- ތ، ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން4- ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު5- ކުރީގެ ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު6- ކުރީގެ ގަވަރުނަރު އަހުމަދު ނަސީރު7- ކުރީގެ މިނިސްޓަ އޮފް ސްޓޭޓް ފޯ އިކޮނޮމިކް ރިލޭޝަން މުހައްމަދު ލުއޭޒް8- ޕެންޝަން އޮފީހުގެ ކުރީގެ ބޯޑް މެންބަރު އަބްދުލްހަލީމް އަބްދުއްލަތީފް
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ޖުމްލަ ސީދާ އަދަދު ނޭނގޭކަމަށް ފިރުޒުލް ވިދާޅުވިއެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީން ވަނީ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު 50 ބިލިއަނަށް އަރާނެ ކަމަށް ލަފާކޮށްފައެވެ.

300 އަށް ވުރެ ގިނަ ފްލައިޓް ކެންސަލް، 60 ހާސް ބުކިން ކެންސަލް
ސުވާލާއި ޖަވާބު: ފިތުރު ޒަކާތް ނެރެންޖެހޭ އެންމެ ފަހު ވަގުތަކީ؟
އީރާނުގެ އިންޓެލިޖެންސް މިނިސްޓަރު އަވަހާރަކޮށްލައިފި