ލޯކައިރި ކަޅުވުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ މައްސަލަ އެކެވެ. އެކަމުގެ ސަބަބުން މީހާގެ މޫނުމަތީގެ ތާޒާކަން ގެއްލި ބައެއްފަހަރު މުސްކުޅިވާ ކަމުގެ އިހުސާސްތަކެއް ވެސް ކުރެވެ އެވެ.

ލޮލުގެ ކައިރި ކަޅުވުމުން ސަލާމަތްވުމަށް ގިނަ މީހުން މޭކަޕް ބޭނުންކުރެ އެވެ. ނަމަވެސް އެއީ ވަގުތީ ހައްލެކެވެ. ހާއްސަކޮށް ބުރަކޮށް މަސައްކަތްކޮށް، ނިދި މަދުވާ މީހުންގެ ލޯކައިރި ކަޅުވުން އަވަސްވެ އެވެ. އެހެންކަމުން ހަމަ ނިދި ލިބި ރަގަޅަށް އަރާމު ކުރާނަމަ ލޯކައިރި ކަޅުވުން ރަގަޅުވާނެ އެވެ.

ލޯކައިރި ކަޅުވުމަށް ދާއިމީ ހައްލެއް ގެނުވައިދޭ އެއްޗަކީ "މިންޓް ލީވްސް" ނުވަތަ ކުދީނާ ފަތެވެ. ލޯކައިރި ކަޅުވެފައި ހުންނަ ހިސާބުގައި ކުދީނާ ފަތް ހޭކުމުން ލޯކައިރި ކަޅުވުން ހައްލުކުރުމަށް ބޭނުންވާ މާއްދާއެއް ކަމަށްވާ އެންޓި އޮކްސިޑެންޓް ލިއްބައިދީ ލޯކައިރި ކަޅުވުން ހައްލުވެ ޒުވާންކަމާއި ރީތި ކަންމަތީ ދެމި ހުރެ އެވެ.

ކުދީނާ ފަތް ބޭނުންކޮށްގެން ލޯކައިރީ ހާކާ ކްރީމް ނުވަތަ ޕޭސްޓް ތައްޔާކުރުމަކީ ވަރަށް ފަސޭހަ ކަމެކެވެ. އެންމެ ފުރަތަމަ ކުދީނާ ފަތް މިކްސަރަކަށް ނުވަތަ ދައިން ނަމަވެސް ޗިސްކޮށްލާށެވެ. އަދި ޗިސްކުރި ކުދީނާ ފަތުގެ ތެރެއަށް ޒައިތޫނި ތެޔޮ ނުވަތަ އާމަންޑް އޮއިލް އެއްކޮށްލާށެވެ.

ރަނގަޅަށް އެއްވުމުން ލޯކައިރި ކަޅުވެފައި ހުރި ހިސާބުގައި ތައްޔާރު ކުރި ކްރީމް ހާކާލާށެވެ. އެއަށް ފަހު 30 މިނެޓް މަޑުކޮށްލުމަށް ފަހު މޫނު ރީތި ކޮށް ދޮވެލާށެވެ. ލޯކައިރި ކަޅުވުމަށް އަވަސް ހައްލެއް ލިބިގެންދާނެ އެވެ.

އޭގެ އިތުރުންވެސް ރަނގަޅު ކާނާ ކެއުމާއި ރަގަޅަށް އަރާމުކުރުން އަދި ނިދި ހަމަކުރުމަކީވެސް ލޯކައިރި ކަޅުވުން ހައްލު ވެގެންދާނެ ކަންކަމެވެ.