އަލަށް އުފަންވާ ކުދިންގެ ކަންކަމަކީ މައިންބަފައިން އެކަންކަމާ މެދު ވަރަށް ބޮޑަށް ދިރާސާކުރާ ކަންކަމެވެ. ނަމަވެސް މި ލިޔުމުގައި މި ބަލާލާ ކަންކަމަކީ އަލަށް އުފަންވާ ކުދިންގެ ފަރާތުން ފެންނަ ތަފާތު އަދި ހައިރާން ކުރުވަނިވި ކަންކަމެވެ.
ރޯއިރު ކަރުނައެއް ނާންނާނެ
އަލަށް އުފަންވާ ކުދިންގެ ކިބަައިން ފާހަގަވާ އެންމެ ބޮޑު އެއްކަމަކީ އެ ކުދިންގެ ރުއިމެވެ. ނަމަވެސް ކުއްޖާގެ އުމުރުން އެއް މަސް ވަންދެން ރޯ ރުއިމުގައި އެ ކުދިންގެ ލޮލުން ކަރުނައެއް ނާދެ އެވެ.
ބޮޑުކަމުދާތަކެތީގައި ވަހެއް ނުހުންނާނެ
ކުޑަ ކުއްޖަކު އުފަންވެގެން ކުޑަ ދުވަސްކޮޅެއް ވަންދެން އެ ކުދިންގެ ބޮޑުކަމުދާތަކެތީގައި އެއްވެސް ވަހެއް ނުހުންނާނެ އެވެ. އެއީ އުފަންވާ ކުއްޖެއްގެ ގޮހޮރުގައި ބޮޑުކަމުދާ ތަކެތިން ވަސް ދުވަން މެދުވެރިވާ ޖަރާސީމުތައް ނުހުންނާތީ އެވެ.
ލޮލުން ފެންނާނީ ހަމައެކަނި ކަޅު، ހުދު އަދި އަޅި
އަލަށް އުފަންވާ ކުދިންގެ މާހައުލު ކިތަންމެ ކުލަގަދަކޮށް ޒީނަތްތެރި ކުރި ނަމަވެސް ވިހެއުމަށްފަހު ހަފްތާތަކެއް ވަންދެން ކުޑަ ދަރިފުޅުގެ ފެނުން ފުރިހަމައެއް ނުވެ އެވެ. އެގޮތުން އެކުދިންނަށް ފެންނާނީ ހަމައެކަނި ހުދު، ކަޅު އަދި އަޅި ކުލަ އެވެ.