ކާޑޭޝަން އާއިލާގެ މެދުގައި ޒަމާނުއްސުރެ ޖެހިފައިވާ މައްސަލަތަކަކީ ސިއްރުވެފައިވާ މައްސަލަތަކެއް ނޫނެވެ. އެހެން ނަމަވެސް މިފަހުން ކިމް ކާޑޭޝަންއާއި ކޯޓްނީ ކާޑޭޝަންގެ ގުޅުން މިފަހުން ވަނީ އިތުރަށް ގޯސްވެ ހީނަރުވެފަ އެވެ.

ކާޑޭޝަންސް ޝޯގެ ހަތަރުވަނަ ސީޒަންގެ ފުރަތަމަ އެޕިސޯޑްގައި ކޯޓްނީ މިވަނީ އޭނާއާއި އޭނާގެ ކޮއްކޮ ކިމްއާ ދެމެދު އެންމެ ފަހުން ޖެހުނު މައްސަލައާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ.

ކޯޓްނީ ބުނީ ކިމްގެ އަމިއްލަ ފައިދާއަށްޓައި ކޯޓްނީގެ "ޑޯލްސޭ އެންޑް ގަބާނާ" ވެޑިން ތީމް ބޭނުން ކުރުމަކީ ކިމްގެ އަމިއްލަ އެދުން ބޮޑުކަން އަންގައިދޭ ކަމެއް ކަމަށެވެ.

ކިމް ވަނީ ކޯޓްނީގެ ކައިވެނީގެ މަސްތަކެއް ފަހުން މިލާންގައި އޮތް ޝޯއެއްގައި "ޑޯލްސޭ އެންޑް ގަބާނާ" ފެޝަން ތީމް ބޭނުންކޮށްފަ އެވެ.

ކޯޓްނީ އިތުރަށް ބުނީ ކިމް އެ ތީމް ބޭނުންކުރާ ވާހަކަ ބުނަން އޭނާއަށް ގުޅި ކަމަށާއި އެހެން ނަމަވެސް އެކަމުގެ ބޭނުމެއް އޭނާއަށް ނުވިސްނޭ ކަމަށެވެ.

"އަހަރެންގެ އެންމެ ހާއްސަ ދުވަހުގެ އެންމެ ހާއްސަ ކަންތައް އޭނާ ބޭނުންކުރީ މަދު ފައިސާކޮޅަކަށް، އަހަންނަށްޓަކައި އޭނާ އެއްވެސް އުފަލެއް ނުވޭ" ކޯޓްނީ ބުނެފައިވެ އެވެ.

ދަ ކާޑޭޝަންސްގެ އެޕިސޯޑްގައި ކޯޓްނީއާއި ކިމްގެ މެދުގައި ފޯނު ކޯލެއް ހިނގާއިރު އެ ދެމީހުން ވެސް އެކަކު އަނެކަކަށް ތަފާތު ތުހުމަތުތައް ކުރަމުން ގެންދެ އެވެ.

މިއާއެކު ކާޑޭޝަން އާއިލާގެ މައްސަލަތައް ހޫނުވެ އެ މީހުންނަށް މީޑިއާއާއި އާއްމުންގެ ސަމާލުކަން ލިބުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.