މަޝްހޫރު އިނގިރޭސި ޕޮޕް ލަވަކިޔުންތެރިޔާ ޓެއިލާ ސްވިފްޓްއަކީ މިހާރު ބިލިއަނަރެއް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

ބްލޫމްބާގްއިން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ ސްވިފްޓްގެ އެންމެ ފަހުގެ އީރާސް ޓުއާއިން ލިބުނު އާމްދަނީއާއެކު އޭނާގެ އާމްދަނީ 1.1 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވާ ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ޓެއިލާގެ އެންމެ ފަހުގެ ކޮންސެޓް "އީރާސް ޓުއާ"އަށް އެންމެ ފުރަތަމަ ހަފްތާ ބަންދުގައި 92.8 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.

ތިން ގަޑިއިރަށް ދެމިގެންދާ 44 ލަވައިގެ އެ ކޮންސެޓުގެ ޓިކެޓުތައް ރެކޯޑް މިންވަރަކަށް ވިކިފައިވާއިރު އެ ކޮންސެޓުން އެމެރިކާގެ އިގްތިސާދަށް ވެސް ރަނގަޅު އަސަރެއް ކޮށްފައިވެ އެވެ.

މިއާއެކު ޓެއިލާ ވެފައިވަނީ ހަމައެކަނި މިއުޒިކްއާއި ލަވަކިޔުން މެދުވެރިކޮށް ބިލިއަނަރަކަށް ވެފައިވާ މަދު ރެކޯޑް އާޓިސްޓުންގެ ތެރެއިން އެކަކަށެވެ.

އީރާސް ޓުއާގެ ކޮންސެޓުތަކެއް ކުރިއަށް ވެސް އޮތްއިރު ޓެއިލާގެ މިލްކިއްޔާތު މިއަށްވުރެ ވެސް އިތުރުވާނެ ކަމަށް ރިޕޯޓުތައް ލަފާކުރެ އެވެ.