ކުޅިކޮށް ކެއުމަކީ ދިވެހިންގެ ތެރެއިންވެސް ގިނަ ބަޔަކު ވަރަށް ލޯބިކުރާ ކަމެކެވެ. އެހެން ނަމަވެސް ނޭނގޭ ކަމަކީ އެއީ ހަޖަމު ކުރުމުގެ ނިޒާމަށް ނޭދެވޭ އަސަރު ކުރުވާ ކަމެއް ކަމެވެ. މި ލިޔުމުގައި މި ބަލާލަނީ ކުޅި ކެއުމަކަށްފަހު ހަޖަމު ކުރުމުގެ ނިޒާމު ހަަމައަކަށް އަޅުވަން އެހީވެދޭ ބައެއް ކެއުންތަކަށެވެ.
ކިރު
ކިރުގައި ހިމެނޭ ކެސައިން ނަމަކަށް ކިޔާ ޕްރޮޓީންއެއްގެ ސަބަބުން ކުޅި ކެއުންތަކުން އުފެދޭ ގޭސް ނައްތާލުމަށް އެހީވެދެ އެވެ. ކިރު ބުއިމުގައި އެންމެ ރަނގަޅީ ތާޒާ ކިރު އިޚުތިޔާރު ކުރުމެވެ.
ޕާން
ޕާނަކީ ކުޅި ކެއުންތަކުން ހަށިގަނޑުގައި އިތުރުވާ މާއްދާއެއް ކަމަށްވާ ކެޕްސައިސިން މަދުކުރަން އެހީވެދޭ ކެއުމެކެވެ. ޕާނުން އަނގައިގައި އުފެދޭ ދިލަ ހޫނު ކުޑަކޮށްދޭނެ އެވެ.
އޮލިވް އޮއިލް
އޮލިވް އޮއިލްއަކީ ގޮހޮރުގެ މަސައްކަތްތައް ރަނގަޅުކޮށްދޭ އެއްޗަކަށް ވުމުން އޮލިވް އޮއިލް ބޭނުން ކޮށްގެން ތައްޔާރުކޮށްފައިވާ ކެއުމެއް ކެއުމަކީ ހަޖަމު ކުރަން ފަސޭހަ ކޮށްދޭނެ ކަމެކެވެ.
ޕީނަޓް ބަޓަރު
ޕީނަޓް ބަޓަރަކީ ތެލާއި ފެޓް ގިނަ އަދަދަކަށް އެކުލެވޭ ކެއުމެއް ކަމުން ހަޖަމު ކުރުމުގެ ނިޒާމު ހަމައަކަށް އަޅުވައި ކާނާ ހަޖަމު ކުރަން އެހީވެދެ އެވެ.
ހިތަދޫ އުތުރު ދާއިރާއިން ޕީއެންސީގެ ތާއީދު ދަށްވެއްޖެ: އައްބާސް
ދިވެހި ޓީޗަރުން ނުލިބޭ މާއްދާތަކަށް ބިދޭސީން ގެންނާނެ އުސޫލެއް
ހިތަދޫ އުތުރު ބައި އިލެކްޝަންގައި ޕީއެންސީން ފައިސާ ބެހި!