ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި 2،902 ސާމްޕަލުން އިތުރު 118 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނިގޮތުގައި މިއަދުގެ ކޭސްތަކުގެ ތެރޭގައި ހިމެނެނީ މާލެ އިން ޕޮޒިޓިވްވި 87 މީހަކާއި އަތޮޅު ތެރޭގެ ރަށްތަކުން ޕޮޒިޓިވްވި 21 މީހަކާއި ރިސޯޓްތަކުން ޕޮޒިޓިވްވި 10 މީހެކެވެ.

މި ބައްޔަށް ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަކީ 15،614 އެވެ. މި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދަކީ 14،064 އެވެ.

މިހާރު މި ބައްޔަށް ރާއްޖޭގައި 1،492 މީހަކު ފަރުވާ ހޯދަމުންދާއިރު، އޭގެ ތެރެއިން 142 މީހަކަށް ފަރުވާ ދެނީ ހޮސްޕިޓަލްތަކުގަ އެވެ.

މި ބަލީގައި މިހާތަނަށް ރާއްޖެއިން 51 މީހަކު ވަނީ މަރުވެފަ އެވެ.