ރާއްޖޭގެ ހާރިޖީ ދާއިރާގައި ވަރަށް ދިގު މުއްދަތެއް ވަންދެން ހިދުމަތް ކުރެއްވުމަށް ފަހު ވަކިވެވަޑައިގަންނަވާ ދެ ބޭފުޅަކަށް ހާރިޖީ ހިދުމަތުގެ އެންމެ މަތިވެރި ޝަރަފު އެރުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.
މި ދެ ބޭފުޅުންނަށް މި ސަރަފު އެރުވުމުގެ ރަސްމިއްޔާތު އޮންނާނީ، މާދަމާ ހެނދުނު 10:30 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.
މިއީ ހާރިޖީ ދާއިރާގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވުމަށް ފަހު ވަކިވެވަޑައިގަންނަވާ ބޭފުޅުންނަށް އަލަށް އަރުވާ ސަރަފެކެވެ. މި ސަރަފުގެ ގޮތުގައި ރައީސް އަރުވާނީ، މެޑެއްޔަކާއި، އައްޑަނައަކާއި، ހަނދާނީ ލިޔުމެކެވެ.
މި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވާނެ އެވެ
ޔާމީންގެ ވެރިކަމުގައި މުޅި ދައުލަތް ހިންގެވީ މުއިއްޒު: ޝުޖާއު
ވިއްސާރައިގައި އިންޑިއާއިން 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެ
ކަނޑުއޮޅިން އެމެރިކާއާއި އިޒްރޭލުގެ ބޯޓުތައް މަނާކުރާ ގާނޫނެއް